މިއަހަރު ފިތުރު ޒަކާތް ބަލއިގަންނަ ގޮތް އިސްލާމިކް މިނިސްޓްރީން އާއްމު ކުރައްވައިފިއެވެ. މިއަހަރު، ހިޖުރީގޮތުން 1439 ވަނަ އަހަރު ފުވައްމުލަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހު 5 ވާ އާދީއްތަ (20 މޭ 2018) ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 (13 ޖޫން 2018) ވާ ބުދަ ދުވަހުގެ ނިޔަލަށެވެ. މިމުދަތުގެ ތެރޭގައި ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 10:30 ން މެންދުރު ފަހު 13:00 އަށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވެއެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯ ހަނޑުލެވެ. ނުވަތަ އެމިންވަރުގެ ހަނޑުލަށް ވާ އަގެވެ. ފިތުރު ޒަކާތް ދިނުމުމުގައި ކޮންމެ ފަރާތަކުން ވެސް ބަލަން ވީ އެމީ ހަކު ނުވަތަ އެބަޔަކު ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އާއްމުކޮށް ބޭނުން ކުރި ބާވަތޔެއްގެ ހަނޑުލަށެވެ.
އާދައިގެ ހަނޑުލުން ނަމަ ފުވައްމުލަކުގައި މީހަކަށް ދައްކަން ޖެހެނީ 13 ރުފިޔާއެވެ. ތައި ވައިޓް-ރައީސް ނަމަ މީހަކަށް 42 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 72 ރުފިޔާއެވެ.
މިފަހަރު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަށުގެ 3 ހިސާބުގައި ގާއިމުކުރެވިފައިވާ ފުވައްމުލަކު ލޭނޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާރޓް މެންޓްގެ އޮފީސްތަކުންނެވެ. ކޮންމެ ދާއިރާއަކުން ވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެދާއިރާއެއް ނިސްބަތްވާ އޮފީހަކުންނެވެ.



ޚިޔާލުތައް