A wide advertisement which will be shown on all devices. (700 x 100)

ހޮނިހިރު ދުވަހު މިސްކިތްމަގުގެ ބަޔަކުން ކަރަންޓު ޚިދުމަތް މެދުކަނޑާލާނެ

ފެނަކަ-ފުވައްމުލަކުގެ މުވައްޒަފުން ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަނީ ފޮޓޯ: ފެނަކަ-ފުވައްމުލައް

އަންނަ ހޮނިހިރު (27 މާރިޗު 2021) ދުވަހު ހެނދުނު މިސްކިތްމަގު އަވަށުގެ ބައެއް ގެތަކުން 2 ގަޑިއަރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށެވެ.

ޚިދުމަތް މެދުކަނޑަލަނީ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް ފެނަކައި ހާމަކުރެއެވެ. އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

މިސްކިތްމަގު އަވަށު ސަމާސާގެ އިން ފެށިގެން ޖަނަވަރީގެ، ކެނެރީގެ، ފަށުވި، ޖީޒާ، މަކަރީ، މާވަޑިޔާ، މާހުގެ، ރަންދާން، މަންޒަރުގެ ބެރިމަގު، ސޯސަންވިލާ، ކުޅީދޮޅުގެ، މައިމޫންވިލާ ވަޑާންގެ، ބިނާ، ރެޑިއަމްގެ، ބޮންތި، ބަށިމާގެ، ގުލްޝަނީވިލާ އަދި ކީރަތްމާގެ ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެއްވެސް ސަބަބަކާއިހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފެނަކައިން އިން އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !