ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުން ފެންކައިން އިއްޔެ ހަވީރު އިފުތިތާހުކޮށްފިއެވެ. މިކަން އިފްތިތާހު ކުރުން ކުރިޔަށްދިޔައި އިއްޔެ ހަވީރު ފުވައްމުލަކު އައު އިންޖީނުގެ އެޅުމުގެ މަޝްރޫއު ފެށުން އިފުފްތިތާހު ކުރުމަށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.
މި މަސައްކަތް އިފުތިތާހްކޮށް ދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމާއި ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދު އާއި ފުވައްމުލައް ސިޓީގެ މޭޔަރު ފަލާޙު ޝަރީފެއެވެ.
ފެނަކަ އެމްޑީ އަހުމަދު ސައީދުއިއްޔެގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލައަކީ އޭނާ މަގާމާ ހާވާލުވިފަހުން ދިމާވި އެއްމެ ބޮޑު އެއް ތަކުލީފު ކަމަށެވެ. އަދި އެއީ ހައްލުކުރަން އެންމެ ދަތިވީ އެއް މައްސަލަ ކަމަށެވެ. ނަމަވެސް އެނިޒާމު ޑިޒައިންކުރުމަށް ކުރެވުނު މަސައްކަތަކާއެކު، ވަނީ ދާއިމީ ހައްލެއް ލިބޭނެގޮތްތައް ހޯދިފައި ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންނަށް ތަކުލީފަކަށްނުވެ އިތުބާރާއެކު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފެނަކައިގެ ތަޖުރިބާކާރު ފަންނީ ބެއިފުޅުންނާއެކު ނަރުދަމާ ނިޒާމު ބަލަހައްޓައި މޮނިޓާ ކުރުމުގައި މަސައްކަތް ފެނަކައިން ކުރަމުންދާނެ ކަމަށް ހާމަކުރެއްވިއެވެ.
ޒަމާނީ އިލްމު ލިބިވަޑައިގެން ތިއްބެވި ފެނަކައިގެ އިންޖިނޭރުން ކުރި ބުރަ މަސައްކަތާއެކު މިއަދު ފުވައްމުލަކު ރައްޔިތުންނަށް އެނގިގެން މިދިަޔާއީ އެނިޒާމަށް ދާއިމީ ހައްލެއް ހޯދާދެވޭނެ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް އަލުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރަނީ ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާތީ ކަމަށް އެމްޑީ ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ނަރުދަމާ ނިޒާމުގެ 586 ވެކިއުމް ޕަމްޕާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާއި އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށް ހާމަކުރެއްވިއެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ މަސައްކަތް ފަށާތާ 6 މަސް ދުވަހެވެ. ވުމާއެކު މިއަދު ފެށި މަސައްކަތް ނިންމަން ޖެހެނީ މިއަހަރު އަކްޓޯބަރު 8 އަށެވެ.
މި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާއަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަގުނަ އުނދަގޫތަކެއް، ތަކުލީފު ތަކެއް އުފުލަން ޖެހުނު ކަމެ އްކަމަށެވެ. އަދި މިއަދު މިފެށޭ މަސައްކަތްކުން ދާދި އަވަހަށް އެތުރާތަކުން މިންޖުވެ ރައްޔިތުންނަށް ފަސޭހަކަން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ވޭތުތުވެދިޔަ އަހަރުތަކުގައި ފުވައްމުލަކަށް މާބޮޮޑު އަޅާލުމެއް ލިބިފައި ނެތްނަމަވެސް މިސަރުކާރު ވުޖޫދުވެގެން އައިފަހުން ފުވައްމުލަކުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތެކެއް ކުރައްވަމުން ގެންދަވާކަމަށް ނާއިބު ރައީސް ފައިސަލު ވިދާޅުވިއެވެ. ވޭތުވެދިޔަ 2 އަހަރު ތެރޭގައި ފުވައްމުލަކުގައި ކުރިޔަށްގެންދާ މަޝްރޫއުތަކުން އެކަން ވަރަށްބޮޑަށް ސާފުވެގެން ދާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން އިއްޔެ ފެށުނު ނަރުދާމާ ގެ މައްސަލަތައް ހައްލުކުރުމުމާއި ޒަމާނީ އައު އިންޖީނުގެ ބިނާކުރުމާއި، ރަށުގެ މަގުތައް ހެދުމާއި، ކުނިގޮޑު ހުސްކުރުމުގެ މަސައްކަތާއި، ފުވައްމުލަކު ސްކޫލްތަކުގެ ކްލާސްރޫމް ތަކާއި މަލްޓިޕާޕާސް ހޯލުތަކާއި ސައިންސް ލެބްތަކާއި، ކުޅިވަރު ދަނޑުތަކާއި، ޒުވާނުގެ މަރުކަޒުގެ އެކިއެކި ވަސީލަތްތަކާއި، ރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. ގޮނޑުކޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚިޔާލުތައް