A wide advertisement which will be shown on all devices. (700 x 100)

އަންނަ އާދީއްތަ ދުވަހު ހޯދަޑު ދަޑިމަގުގެ ބޮޑު ބަޔަކުން ކަރަންޓް ޚިދުމަތް މެދުކެނޑެނީ

މާދަމާ ނޫން އަނެއް ދުވަސް، 30 އޮގަސްތް 2021 ގައި ކަރަންޓް ޚިދުމަތް މެދުކަނޑާލެވޭ ސަރަހައްދު

އަންނަ އާދީއްތަ، 11 އޭޕްރީލް 2021  ދުވަހު ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ހޯދަޑު އަވަށާއި ދަޑިމަގު އވަށުގެ ބޮޑު ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.

އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ ސަބް-ސްޓޭޝަން 6 އަދި 7 ގެ ސްވިޗުގިއަރާއި ސަބްސްޓޭޝަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެމަސައްކަތް ކުރެވެން އޮތީ ކަންރަންޓް ކަނޑާލައިގެން ކަމަށް ވާތީ މަސައްކަތް ކުރުމަށް 4 ގަޑިއިރަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ކަރަންޓް ކެނޑުން ފެނަކައިގެ ނޯޓިސް

11 އޭޕްރީލް 2021 ގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. ދަޑިމަގު އަވަށު ފިނިވާގެއިން ފެށިގެން އިން މާތެރެގަނޑު، ޑޭޒީމާގެ، އޯކިޑްމާގެ، މާވާގެ، އާޒާދުވާދީ، ގާޑެންހައުސް، ވައިމަތީގެ، ވާރޭވިލާ، ޔާގޫތުގެ، ހުޅަނގުގެ، ސަންސެޓް، ވިލާޑިސޯސަން، ދަޑިަމގު ފްލެޓްތައް، ބިއްސާވެލި، ސޫރަޖް، ނިރު، ނަޝޭމަން، ގާޑެންގޭޓް، ފްލޭޝް، މަނާމް، މުނިޔާ، ވާނާ، ފިނިވެލި، އާމީ، އަކުފާ، ކާލި، ކަންފި، އަދި ގެންމިސްކިތާއި އެހިސާބުގެ ދަނޑުބިންތަކާއި ޕެބްލްސް ރެސްޓޯރަންޓް ހިމެނޭ ސަރަހައްދެވެ.

2. ހޯދަޑު އަވަށުން އަވަށުން އިތާ، ފެހިއަލި، ނިޔާޒު، ޒީނަތުމަންޒިލް، ހުދުހުދާގެ، ވައިފިލާގެ، މަނާގެ، ކޮވެލި، ވެލިރަންގެ، މެދުގެ، ދޮންދޫމިގެ، ގުއްލަލާގެ، ސިވިލައިޒްގެ، ގިނަމާގެ، މަތެރެސްމާގެ، ބާޒް، ގުލްހަޒާރުގެ، ތުނިވެލި، ބަންޑާރަވިލާ، ކާމަރަނގަމާގެ، ޏަމްނަމްގެ، ވިލިވަރު، ނޯވެލް، ރަބާތު، ވެސްޓް، ލާސްޓް، ރިވާ، ސުނާ، އާފެހި، ރިއަލް، ހާރޓް، ލޯޔަލް އާއި އެހިސާބުގެ ދަނޑުބިންތައް ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އެޅުމާާއި ކަރންޓް ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްތެއް އިއްޔެ ވަނީ ފަށާފައއެވެ. އެގޮތުން އެޕްރޮޖެކްތަށް 220 މިލިޔަން ރުފިޔާ ޚާރަދުވާކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވެފައި ވެއެވެ. އައު އިންޖީނުގެގެ ބިންގާ އަޅާފައިވަނީ ފުވައްމުލަކުގައި ދޫނޑިގަމު ބަނދަރު ސަރަހައްދުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !