A wide advertisement which will be shown on all devices. (700 x 100)

މަދާމަ އިދިކޮޅު ކޯލިޝަންގެ ރިޔާސި ކެންޑިޑޭޓް ފުވައްމުލަކަށް ވަޑައިގަންނަވަނީ

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެމްޕެއިން އައްޑުއާއި ފުވައްމުލަކުގައި.

އިދިކޮޅު ކޯލިޝަންގެ ރިޔާސި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއާއި އޭނާގެ ޓީމެއް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ. މިއަދު އައްޑުގައި ކެމްޕޭން ހަރަކާތްތަކެއް ކުރިޔަށް ގެންދެވުމަށް ފަހު  ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 3:15 އެވެ. މިދަތުރު ފުވައމްުލަކަށ ްވަދައިަގްނނަވާނީ ކަނޑުމަގުން ފުވައްމުލަކު ބަދަރަށް ކަމަށް ވެއެވެ.

މިއީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކުރައްވާ ދަތުރު ފުޅެކެވެ. މިދަތުރުގައި ތާއިދު ހޯދުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދެވެނެކަމަށް ވެއެވެ.

މިކލް ނޫހަށް ޚަބަރު ލިބުނު ގޮތުގައި ކެމްޕޭން މިދަތުރުގައި، މިރޭ ރަނިންމޭޓް ކަމަށް ހޮވުނު ފައިސަލް ނަސީމު ވެސް ބައިވެރިވެ ވަޑައިގަންނަޥާނެއެވެ. އެގޮތުން މާދަމާ ފައިސަލު ފުވައްމުލަކަށް ވަޑައިަތުމަށް ވަނީ ހަމަޖެހިފައެވެ. 

ފާއިތުވި ރިޔާސި އިންތިޚާބުގައި ފުވައްމުލަކުގެ މެޖޯރިޓީ ހޯދާފައި ވަނީ ވެރިކަން ކުރާ ޕީޕީއެމާއި ގުޅިގެެން މަސައްކަތް ކުރި އިއްތިހާދުންނެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !