A wide advertisement which will be shown on all devices. (700 x 100)

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުންނަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

އިދިކޮޅު އިއްތިހާދުގެ އިސް ވަފުދަށް މަރުހަބާ ދެންނެވުމަށް މިއަދު ބަދަރު ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުން

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓާއި ރަނިންމޭޓް މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުޙާބާއެެއް ކިޔައިފިއެވެ. މިއީ ރިޔާސީ ކެމްޕޭނެއްގައި މިހާތަނަށް އެންމެ ގިނަ މީހުން އެއްވެ ރަށަށް މަރުޙާބާކީ ފަހަރު ކަމަށް އެތަނަށް ހާޒިރުވެ ތިބި ގިނަ ބަޔަކު ބުނަމުން ދެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދު ގުޅިގެން އެއް ކެނޑިޑޭޓަކާއި ރަނިންމ މޭޓެއް ނުބެރެވޭނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނަމުން ދަނިކޮށް ރިޔާސީ ކެންޑިޑޭޓަކަށް ގުޅިފަިއވާ ހުރިހާ ޕާޓީތަކުން އެއްބަސް ވާ ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވާރު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެންބަރު އިބްރާހިމް މުޙާއްމަދު ސޯލީހު ވަނީ ބަލައިގެންފައެވެ. އަދި ރޭގައި ވަނީ އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓަކަށް ކާށިދޫ ދާއިރާގެ މަޖުލިސް މެންބަރު ފައިސަލް ނަސީމު އިންތިޚާބު ކޮށްފައެވެ.

ރޭގައި ރަނިންމޭޓް ކަމަށް އިންތިޚާބުވި ފައިސަލު ނަސީމަކީ ފުވައްމުލަކުގެ ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ ބޭފުޅެކެވެ.

މިއަދު ފުވައްމުލަކު ބަދަރު ސަރަހައްދަށް އެއްވެ ތިބި ގިނަ ބަޔަކާއި ވާހަކަ ދައްކަވަމުން އިބްރާހިމް މުޙާއްމަދު ށޯލީހު (އިބޫ ސޯލިހު) ވިދާޅުވެފައި ވަނީ ފުވައްމުލަކުގެ ގިނަ ބަޔަކު މިއަދު ބުނަމުން އެދަނީ ވައްކަމާއި ކޮރަޕްޝަނާއި އެމީހުން ދެކޮޅު ކަން ކަމަށެވެ. އަދި އެފަދަ ވެރިކަމަކަށް ޖާގަ ދޭން ނެތްކަމަށެވެ.

މިއަދު ބަނދަރު ސަރަޙާއްދުގައި އެއްވެ ތިބި ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ރަނިން މޭޓް ފައިސަލް ވިދާޅުވެފައި ވަނީ ރިޔާސި އިންތިޚާބުގައި ފުވައްމުލަކުން %80 މީހުން އެބުނަނީ ގުޅިފައިވާ އިއްތިތާދަށް ތާއިދުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބެއްގައި މިހާތަނަށް ފުވައްމުލަކުން އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ރައްޔިތުންގެ ޚާއްސަ މަޖުލީހުގެ ގޮނޑި ފައިސަލް ނަސީމު ވަނީ ފުރުއްވާފައެވެ. ފައިސަލަކީ ނުހަނު ގިނަ އިޖުތިމާޢީ ޚިދުމަތްތަކެއް ފުވައްމުލަކަށާއި ކާށިދޫ ދާއިރާއަށް އަދި މުޅި ރާއްޖެއަށް ވެސް މަޝް ހޫރު އަދި މަގުބޫލު ބޭފުޅެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !