A wide advertisement which will be shown on all devices. (700 x 100)

ރަނިންމޭޓް ފައިސަލް ކެމްޕޭނުގެ މާ ކުރީގައި

ރަނިންމޭޓް ފައިސަލް ކެމްޕޭނުގައި ވިލި މާލެއިން. ފޮޓޯ: ސާއިމު

އިދިކޮޅު ރިޔާސި ރަނިން މޭޓް ފައިސަލް ނަސީމު އުޅުއްވަނީ ކެމްޕޭނުގެ މާ ކުރިގައި ކަމަށް ބެލެވެން ފަށައިފިއެވެ. ރިޔާސި އިންތިޚާބުގެ ކެމްޕޭން އަދި ރަސްމީކޮށް ނުފެށުނު ކަމުގައި ވިޔަސް ތާއިދު ހޯދުމުގެ މަސައްކަތްތައް ސަރުކާރު ޕާޓީ ޕީޕީއެމް އާއި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުން ވެސް އަންނަނީ ކުރަމުންނެވެ.

ރަނިން މޭޓުގެ ކެމްޕޭނުގައި ސަރުކާރު ޕާޓީގެ ކެންޑިޑޭޓު ޑރ.ޝަހީމު އަންނަނީ ހުވަދު އަތޮޅަށް ދަތުރު ކުރައްވަމުންނެވެ. ނަމަވެސް ކެމްޕޭން ދަތުރުފުޅުގައި ޝަހީމަށް ބައްދަލު ކުރެވުނު މީހުންނާއި ވަޑައިގެންނެވުނު ރަށުގެ އަދަދު މަދުކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ނަމަވެސް އިދިކޮޅު ރަނިން މޭޓް ފައިސަލު ކެމްޕޭނުގައި މާ ހަލުއިކޮށް ކުރިއަރައިގެން ދާތަން ފެންނަކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި ގިނަ ފަރާތްތަކާއި ބައްދަލުކުރައްވާއި ޙާލު އަހުވާލު ބައްލަވާ އެފަރާތްތަކުން އެދޭ ކަންތައްތައް ސާފު ކުރައްވަމުން ގެންދަވާ ތަން އަންނަނީ ލައިވުކޮށް ޓީވީތަކުން ދައްކަމުންނެވެ.

މިއަދު ފައިސަލު ވިލިމާލޭއަށް ތާއިދު ހޯއްދެވުމަށް ދަތުރުކުރެއްވި އިރު އިއްޔެ (ހަފުތާ ބަނދުގައި) ވަނީ ކާށިދޫ ދާއިރާގެ ކާށިދޫ އާއި ގާފަރަށް ވެސް ތާއިދު ހޯދުމުގެ ދަތުރެއް ކުރައްވާފައި ވެއެވެ. ރަނިން މޭޓް ކަމަށް ފައިސަލް އިންތިޚާބުވި ރޭ ކެމްޕޭނުން ހަރަކާތްތަކާއި ބައިވެރިވުމަށް އަައްޑުއަށް ފުރާވަޑައިގަތެވެ. އަދި ޖެހިގެން އައި ދުވަހު، އަމިއްލަ ރަށް، ފުވައްމުލަކުގައި ކެމްޕޭނު ހަރަކާތް ކުރިޔަށް ގެންދެވިއެވެ.

ފައިސަލް އާއި އެކު ފައިސަލް އާއި ރަނިން މޭޓްކަމަށް ވާދކުރެއްވި އަމީނުއާއި އަލީ ހުސޭން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއާއެކު ފައިސަލް ގެ ކެމްޕޭން ފެންނަނީ މާ ހަލުއި ސްޕޫޑެއްގައި ގަކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.   

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !