A wide advertisement which will be shown on all devices. (700 x 100)

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް އަނިޔާވެއްޖެ

މިރޭ ރައީސް ނަޝީދަށް އަމާޒު ކޮށް ދެވުނު ހަމަލާ.

މިރޭ މާލާގައި ރައީސް ނަޝީދުގެ ކާރުކޮޅު ކައިރާީގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެއްޖެއެވެ. މީޑިއާ ޚަބަރުތަކުން އެނގޭ ގޮތުގައި ރައީސް ނަޝީދުގެ ގެ، ގ.ކެނެރީގެ ހުން ކަރަންކާ ގޯޅީގެ މަޖީދީމަގާއިވީ ކޮޅުގައި ސައިކަލެއްގައި ހަރުކޮށްފައިވާ އެއްޗެއް އެމަނިކުފާނު ކާރަށް އަރާވަޑާގައިތުމަށް އެހިސާބަށް ދިޔަވަގުތު ވަނީ ގޮއްވާލާފައެވެ.

މިހާދިސާގައި އެމަނިކުފާނަށް ގިނަ ޒަކަމްތަކަކާއިއެކު އަނިޔާ ވެފައިވާކަމަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ހާމަކުރެއެވެ. އެމަނިކުފާނުގެ އިތުރުން ބޮޑީގާޑަށާއި އެމްއެންޑީއެފްގެ 3 މީހަކާއި އެވަގުތު އެހިސާބުގައި ހުރި ބިދޭސީ މީހަކަށްވެސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުނުން ހާދިސާ ހިނގިތަން ބަލަނީ ހެކި ހޯދަނީ 6 މެއި 2021

މިޓެރަރިސްޓް ހަމަލާ ގިނަބަޔަކު ކުށްވެރި ކުރުމުން އަންނައިރު އެމަނިކުފާނާއި މެދު ހިތްހަނުޖޭހޭ ބައެއް މީހުން ސޯޝަލް މީޑީއާގައި އެމަނިކުފާނަށް އަނިޔާލިބުނު މިއަމަލަށް ހިތްވަރުލިބޭ ގޮތަށް ވެސް ވާހަކަ ދައްކަމުން އާދެއެވެ. އަދި މަދު ބައެއް މީހުން އެމަނިކުފާނާއި މެދު އެފަރާތްތަކުން ގެންގުޅޭ ނަފުރަތާއި އެކު ތުހުމަތުކުރާ “ލާދީނީ” ކަންކަމާއި މިކާމާއި ގުޅުވައިގެން ވެސް ވާހަކަ ދައްކަމުން އާދެއެވެ.

މިހާދިސާގެ މައުލޫމާތު އަދި މުޅިން އޮޅުން ނުފިލާނީސް ބައެއް މީހުން މިހާދިސާ އަކި “ޑްރާމާ އެއް”ކަމަށް ސިފަކޮށް ވެސް މިފަދަ އަމަލުތަކަށް ހިތްވަރުދޭކަން ހާމަވެއެވެ.

ތިމާ އެންމެ ހިތްހަމަނުޖޭ މީހަކަށްވެސް ދެރަގޮތެއް ދިމާވާހިނދު އޭނާ އާއިމެދު ތިމާގެ ހިތުގައި އޮންނަ ނަފުރަތުގެ ވާހަކަ އިސްކުރުމުން ހިތްވަރު ދެވިގެން އެދަނީ މިފަދަ ޓެރަރިސްޓް ހަމަލާތަކަށް ކަން ދެނެގަންނަން ޖެހެއެވެ. މިފަދަ ވާހަކަތައް ދައްކާ މީހުންނަކީ މިފަދަ ހަރުކަށި އަމަލުތަކަށް ހިތްވަރުދޭ މީހުންކަމުގައި ދެން ތިބި މީހުންނަށް ބަލައިގަންނާނެ ކަން ވެސް ގަބޫލު ކުރަންޖެހޭއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !