A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބު 2018: ކެންޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފި

އަންނަ މަހުގެ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ކެންޑިޑޭޓް ނަމްބަރު ދީފިއެވެ. މިއަހަރުގެ ރިއާސީ އިންތިޚާބުގައި ވާދަކުރާ ދެކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ލިބިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނަށެވެ. އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ލިބިވަޑައިގެންފި އެވެ.

ގުރުއަތު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ގުރުއަތުލުމުގައި ބައިވެރިވެވަޑައިގެން، ގުރު ނެންގެވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން، ޕީޕީއެމްގެ ނައިބު ރައީސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިބޫގެ ކެމްޕެއިން އެޖެންޓް، ގާނޫނީ ވަކީލް ހިސާން ހުސެއިނެވެ.

މިއީ، 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދެ ކެންޑިޑޭޓުންނާ އެކު ރިޔާސީ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !