ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 4 ވަނަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން އެޕްރީލް މަހު 2 ވަނަ ދުވަހު ކުރިން އަދި ޤުރުއާން ކުލާސް ތަކުން އެޕްރީލް މަހު 4 ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުމަށް އަތޮޅު ކައުންސިލުން އެދިފައި ވެއެވެ. މިމުބާރާތުގެ ގަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް އަތޮޅު ކައުންސިލުގެ ކައުންޓަރުންނާއި އެއިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ.
މި ގުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހު 23 އިން 25 އަށް އަތޮޅު ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ. މިމުބާރާތް ކުރިއަށް ދަނީ 9 އުމުރު ފުރާއަކަށް ބަހާލައިގެނެވެ.
ޚިޔާލުތައް