A wide advertisement which will be shown on all devices. (700 x 100)

ދިގުވާނޑު ނަރުދަމާ ޕަމްޕް ސްޓޭޝަން ކުރިމަތީ ހިންގި މާރާމާރީއެއްގެ މައުލޫމާތު ފުލުހުން ހޯދަނީ

ދިގުވާޑު ނަރުދަމާ ޕަމްޕް ސްޓޭޝަނ

ދިގުވާނޑު ނަރުދަމާ ޕަމްޕު ސްޓޭޝަން ކުރިމަތީ ހިންގި މާރާމާރީއެއްގެ މައުލޫމާތު ފުލުހުން ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުންގެ މައުލޫމާތުތައް ގެނެސްދޭ ‘ޕޮލިސް ލައިފް’ ގައި ބުނެފައިވާ ގޮތުން މި މާރާމާރީގެ ހާދިސާ ހިނގާފައި ވަނީ މި ޖޫން މަހު 26 ވަނަ ދުވަހުގެ ހަވީރުގައެވެ. ޖަމާލުއްދީން ނައިބު ތުއްތުމަގު ނުވަތަ ތާރުމަގުގައި، ފެނަކައިގެ ޕަމްޕު ސްޓޭޝަން ކުރިމަތީގައި ހިންގި މިހާދިސާގެ މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ އެކަން ފުހުންނަށް އަންގައި ދިނުމަށް އެދިފައި ވެއެވެ.

އެގޮތުން އެހާދިސާގެ އެމަންޒަރު ދުށް ފަރާތްތަކާއި އަދި އެހާދިސާގެ މައުލޫމާތު އެގޭފަރާތްތަކާއި އަދި އެހާދިސާގެ ފޮޓޯ ނުވަތަ ވީޑިއޯ ހުރި ފަރާތެއް ވާނަމަވެސް އެކަން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅާއިގެން މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުން އެދިފައި ވެއެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !