ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ދެ ވަނަ އާއްމު ބައްދަލުވުން މިރޭ، 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ، 8:30 ގައި އޮންލައިންކޮށް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިބައްދަލުވުން ކުރިޔަށް ގެންދިއުމަށް އިއުލާން ކޮށްފައިވަނީ ޒޫމް ޕްލެޓްފޯމައި ކްލަބްހައުސް މެދުވެރިކޮށެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން މިބައްދަލުވުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މައްދާގައި ވާގޮތުން މިބައްދަލުވުމުގެ ބޭނުމަކީ ކުރިޔަށް އޮތް 2022 ވަނަ އަހަރަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ އަހަރީ މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުމުގެ ގޮތުން ރައްޔިތުންނާއެކު މަޝްވަރާުރުމަށް ބާއްވަން ޖެހޭ ބައްދަލުވުމެކވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ނޯޓިސްގައި ބައްދަލުވުމުގެ ބޭނުމެއް ކަމަށް ފާހަގަ ކޮށްފައިވަނީ މި ދެ ކަންތަކެވެ.
ކްލަބްހައުސް މެދުވެރިކޮށް މިބައްދަލުވުމުގައި ބައިވެރިވުމަށް މިލިންކް
ޒޫމް މެދުވެރިކޮށް މިބައްދަލވުމުގައި ބައިވެރިވުމަށް މި ލިންކް
ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަަތމަ އާއްމު ބައްދަލުވުން މަކީ ކައުންސިލްރުން ހުވާކުރުމަށް ބޭއްވި ބައްދަލުވުމެވެ.
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާގޮތުން ސިޓީ ކައުންސިލުން ރައްޔިތުންނާއެކު ބާއްވަން ޖެހޭ އާއްމު ބައްދަލުވުން (އަހަރަކު ދެފަހަރު ފެބްރުއަރީ އަދި ޖުލައި) ބާއްވަން ޖެހެއެވެ. އަދި އެބައްދަލުވުންތައް ބޭއްވުމުގެ 7 ދުވަސް ކުރިން ނޯޓިސް ނެރެން ޖެހެއެވެ. މިބައްދަލުވުމުގެ ނޯޓިސް 16 ދުވަސްކުރިން (13 ޖުލައި 2021ގައި) އާއްމުކޮށްފައި ވެއެވެ.
ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ގާނޫނުން ލާޒިމުކުރާ ފެބުރުއަރީ އަދި ޖުލައި މަހުގެ ބައްދަލުވުމުގެ ނޯޓިސް އާއިއެކު އެ ބައްދަލުވުމުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ އަހަރީ މަސައްކަތު ޕްލޭނާއި ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ޑްރާްފޓް ބައްދަލުވުމުގެ 7 ދުވަސް ކުރިން އާއްމު ކުރުމަށް ބުނެފައު ވެއެވެ. ނަމަވެސް މިބައްދަލުވުން މިރޭ ބޭއްވޭ އިރުވެސް ސިޓީ ކައުންސިލުން މިދެންނެވި ޕްލޭނާއި ޑްރާފްޓް ބަޖެޓް ހާމަކޮށްފައެއް ނުވެއެވެ.
ސިޓީ ކައުންސިލުން ނެރުނު ބައްދަލުވުމުގެ ނޯޓިސް އިއުލާނުގައި މިބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ބައްދަލުވުން ކަމަށ ްބުނފައެއް ނުވެއެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގައި ކުރުމަށް ކަނޑައަޅާ އިއުލާން ކުރެވިފައިވާ ކަންކަމަށް ބަލާއިރު މިއީ ގާނޫނުގައި ބުނާ ޖުލައި މަހުގެ ބައްދަލުވުމުގައި ކުރަން ޖެހޭ ކަންކަމެވެ.
ޖުލައި މަހުގެ ބައްދަލުވުމުގައި ކުރަން ޖެހޭކަމަށް ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނަނީ:
“އަދި ޖުލައި މަހުގެ ބައްދަލުވުމުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަން ވާނެއެވެ.”

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާ
މިމާއްދާގައި އިތުރަށް ބުނެފައި ވަނީ “މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެ މަހުން އެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަން ވާނެއެވެ”.
މިރޭ ބައްވާ ބައްދަލުވުމަކީ ގާނޫނުގައި ކަނޑައަޅާ ބައްދަލުވުމެއް ނޫންކަމަށް ބެލެވެނީ ފާއިތުވި ޖުލައި މަހުގައި ސިޓީ ކައުންސިލްގެ އަހަރީ 2 ވަނަ އާއްމު ބައްދަލުވުން ބާއްވާފައި ވާތީއެވެ.
ފުވައްމުލައް ްކޮސިޓީ ކައުންސިލްގެ ފާއިތުވި 2020 ވަނަ އަހަރު ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރަމުން އައިސްފައި ވެއެވެ.
2019 ވަނަ އަހަރު ޖެނުއަރީ މަހު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައެޅި ‘ޓައުންހޯލް ބައްދަލުވުން’ އުސޫލުގައިވާ ގޮތުން ކައުންސިލްތަކުގެ އިޚްތިސާސްގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެކައުންސިލެއް ހިމެނޭ ދާއިރައެއްގައި ދިރިއުޅޭ މީހުންގެ 100 މީހުން ނުވަތަ %20 މީހުން އަށްވުރެ ގިނަ މީހުން އެދިއްޖެ ހާލަތެއްގައި ގިނަވެގެން 30 ދުވަހުގެ ތެރޭގައި އާއްމުކޮށް ހުޅުވާލައިގެން މަޝްވަރާގެ ބައްދަލުވުމެއް ބާއްވަން ޖެހޭއެވެ. އެގޮތުން ބާއްވާ ބައްދަލުވުމުން ސިޓީ ކައުންސިލާއި ރައްޔިތުންނަށް ދާއިރާއިރާގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާ މަޝްވަރާކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައި ވެއެވެ. އެގޮތުން މީގެ ކުރިގެ ކައުނސިލް ތަކުގައި ބޭއްވި ގިނަ ބައްދަލުވުންތަކަށް އާއްމުންގެ ތަރުހީބު އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާ ކަމަށް ސިޓީ ކައުންސިލްގެ އެކިފަރާތްތަކުން ހާމަކޮށްފއި ވެއެވެ.
ނަމަވެސް މިއަހަރު މިހާތަނަ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ގިނަ ބައްދަލުވުންތަކަކަށް އާއްމުގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ޚިޔާލުތައް