ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ޖާގައެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެކޮމިޝަނުން މިހެން ނިންމާފައިވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އެޕާޓީއިން ނިންމުމާއި ގުޅިގެން މަހުލޫފު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށް މަހުލޫފު ހުށަހެޅި މިމައްސަލަ އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ފޮުވި ސިޓީގައި ގައި ބަޔާންކޮށްފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުން، އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އާ ޝަރުތުތަކެއް ކަނޑައާޅަ ނަމަ، އެކަން ކުރެވޭނީ އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މީގެ ކުރިން ވަނީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ތުހުމަތުތަކުން ބަރީއަވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅައިފަ އެވެ.
ޚިޔާލުތައް