ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީ އަށާއި އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުވައްމުލަކަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްޠިތާޙްކޮށް ދެއްވުމަށާއި، ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ބިންގާ އަޅައިދެއްވާ ގޮތަށް ވެސް ހަމަޖެހިފައި ވެއެވެ.
އެގޮތުން މިއަދު އިފުތިތާހު ކުރެވޭ މަޝްރޫއުތަކާއި ބިންގާ އެޅުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަކީ؛
1- ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތް އަޅާނެ ބިމެއް ނިންމުން
2- ފުވައްމުލައް ހޮސްޕިޓަލުގެ ލެބޯޓަރީއަށް އިތުރުކުރެވޭ ބައިގެ ބިންގާއެޅުން
3- ފުވައްމުލަކުގެ ނެރުބެއްދުމުގެ މަސައްކަތް އިފުތިތާހުކޮށްދެއްވުން
4- ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުން
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލުތައް