A wide advertisement which will be shown on all devices. (700 x 100)

ފުލުހުންގެ ސަދަން އޭރިއާ ކޮމާންޑަރު ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ބައްދަލުކުރައްވައިފި

ފުލުހުންގެ ސަދަން އޭރިއާ ކޮމާންޑާ ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން

ފުލުހުންގެ ސަދަން އޭރިއާ ކޮމާންޑަރު ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ޖަލްސްކުރާ ކޮޓަރީގައި ބޭއްވި މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޟްވާން ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސީނިއާ މުވައްޒަފުން ބައިވެރިވެވަޑަގެންފައި ވެއެވެ.

ފުލުހުންގެ ސަދަން އޭރިއާ ކޮމާންޑާ ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން

ފުވައްމުލައް ސިޓީގައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށާއި ސިޓީގެ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރުމަށް ނިންމާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއެކު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މި ޑިސެމްބަރު މަހު 26 (2021) އިން 08 ޖެނުއަރީ 2022 އަށް ފުލުހުން ހިންގުމަށް ރާވާފައިވާ ލާމަސީލު ޒުވާނާ ކޭމްޕާއި ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރު ކަމާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފް ހަވާލުވެ ވަޑައިގެންފައި ވަނީ ނިމުނު އޮކްޓޯބަރު މަހުގެ މެދެއްހާ ތަނުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން ކޮމިއުނީޓީ ފުލުހުންނާއި ސަރަހައްދީ ފުލުހުން ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުުން ކޮންމެ ސިޓީއެއްގައި ސިޓީ ފުލުހުން ހަރަތްތެރިވާ ގޮތަށްވަނީ ހަމަޖައްސާފައެވެ.

ފުވައްމުލައް ސިޓީގައި ވަގުންގެ އުނދަގޫ ބޮޑުވާތީ އެކަން ހައްލުކޮށް ދިނުމަށް ގިނަ ބަޔަކު ފުލުހުގެ ފަރާތުން އެދި ގޮވަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !