A wide advertisement which will be shown on all devices. (700 x 100)

މަދަނީ ޖަމިއްޔާތަކުގެ ފޯރަމް ފެށިގެން ކުރިއަށް

ދެކުނުގެ ހަތަރު އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފޯރަމް ރޭ ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މިފޯރަމުގައި ދެކުނު ހަތަރު އަތޮޅު ގއ. ގދ.، ޏ އަދި ސ އަތޮޅުން 17 ޖަމިއްޔާއަކުން ބައިވެރިވެފައިވެއެވެ. މިފޯރަމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މި ފޯރަމުގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރު އެޅުމުގެއެޅުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލައް ސިޓީގެ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ފޯރަމުގައި މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝްއާއި ޔޫތު މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެރިވެއެވެ.

ދެކުނުގެ 4 އަތޮޅަށް ޚާއްޞަކޮށްގެން ފުވައްމުލަކުގައި މި ފޯރަމް ފަށާފައިވާއިރު މީގެކުރިން ވަނީ އުތުރުގެ 3 އަތޮޅުގެ މަދަނީ ޖަމިއްޔާތަކާއި މެދުއުތުރުގެ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ތަފާތު 2 ފޯރަމެއް ކުރިއަށް ގެންގޮސްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !