A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ސަގާފަތާއި ތާރީޚާއި ބަހާއި ގުޅޭ އޯޑިއޯ އަދި ވީޑިއޯ ހުށަހެޅުމުގެ މުބާރާތެއް

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުން 2022

މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކުގެ ސަގާފަތާއި ތާރީޚާއި ބަހާއި ގުޅޭ އޯޑިއޯ އަދި ވީޑިއޯ ހުށަހެޅުމުގެ މުބާރާތެއް ބޭއްވުމަށް ފުވައްމުލަކު ޕަބްލިކް ލައިބުރައީއިން ހުޅުވާލައިފިއެވެ. މާދަރީ ބަހުގެ ދުވަހަކީ 21 ފެބްރުއަރީ އެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން ހުޅުވާލި މިމުބާރާތުގައި ކޮންމެ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް އޯޑިއޯ އާއި ވީޑިއޯ ހުށަހެޅިދާނެއެވެ. އެގޮތުން ފުވައްމުލަކުގެ ބަހާއި އަދި އެނޫންވެސް ދިވެހި ބަހުރުވައަކުން ހެދިފައިވާ އަދި ފުވައްމުލަކު މީހުން ކިޔާ އުޅުނު ބަންޖާއި، ނާނާއާއި، އަންބާ އާއި ރައިވަރި ވެސް ކިޔުމަށްފަހު ހުށަހެޅިދާނެ އެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާއި ގުޅޭ ވަހަކަ ނުވަތަ ރަށުގެ މުހިންމު ތަންކާއި ގުޅޭ މައުލޫމާތު ވެސް އޯޑިއޯ ނުވަތަ ވީޑިއޯގެ ގޮތުގައި ހުށަހެޅިދާނެއެވެ.

ހުށަހަޅުއްވާ ހަރަކާތަކީ އެއްކުއްޖަކު/މީހަކު ނުވަތަ ގިނަ މީހުން އެކުވެ ގުރޫޕަލުން ވެސް ހަރަކާތް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. ހުށަހަހެޅުމުގެ ދިގުމިނަކީ 1 މިނިޓާއި 3 މިނިތާއި ދެމެދުގެ ވަގުތެކެވެ.

މިހަރަކާތުގައި ބައިވެރިވުމަށް އަންނަ އާދީއްތަ (20 ފެބްރުއަރީ 2022)ގެ ކުރިން ހުށަ ހެޅުން ފޮނުވަން ޖެހެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އޯޑިއޮ އަދި ވީޑިއޯ ފައިލް 9666796 އަށް ވައިބާ ކޮށްގެން ވެސް ފޮނުވިދާނެކަމަށް މައުލޫމާތު ލިބެއެވެ.

ބައިވެރިވާ ފަރާތްތަކަށް އިނާމު ކަނޑައެޅިފައިވާ ކަމަށް ފުވައްމުލައް ޕަބްލިކް ލައިބްރަރީ އިން ހާމަކުރެއެވެ. މި ހަރަކާތައި ގުޅެ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 6862822 ގުޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.

ފުވައްމުލަކު ތުންޑީގައި ބޭއްވި ސްޓޯރީ ޓައިމް ހަރަކާތުގެ ތެރެއިން

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އަލުން ހުޅިވިފަހުން އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ލައިބްރަރީގައި ކުޑަކުދިންނަށް ވާހަކައިގެ މުސައްނިފުގެ އަޑުން ވާހަކަ ކިޔައި ދިނުމުގެ ހަރަކާތަކާއި ފުވައްމުލަކުގެ ތަފާތު މާހައުލުތަކުން ކުޑަކުދިންނަށް ވާހަކަ ހުށަހަޅައިދިނުމުގެ ހަރަކާތެއް ވެސް ދާދި ފަހުން ބާއްވާފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ފުވައްމުލައް ކިއާރަށެއް މިރާއްޖެއަކު ނުއޮވޭ
    މިރާއްޖޭގައި އޮންނަނީ ފޯއްމުލައް