ފުވައްމުލަކުބަނޑާރި ކިޅި ސަރަހައްދުން ވީދަޑުގެ ވަރަށް ބޮޑަށް އަނދަމުން ދާކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނދަމުން ދަނީ ފުނާޑާއި މާލެގަމު ވީދަޑު ސަރަހައްދުން ބޮޑަށް ފުނާޑާއި ވީފަޅިންނެވެ. މިއަދު ހަވީރު 5:30 ހާއިރު އަލިފާން އެހިސާބުން ފެނުނު ކަމަށާއި ހުޅުގަނޑު ބޮޑަށް ފެނިފައިވަނީ އިރުއޮސެމުން ދިޔަ ވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ އަލިފާނުގެ ހާދިސާ – 17 ފެބްރުއަރީ 2022
މި އަލިފާންގނަޑު ނިއްވުމުގައި މަސައްކަތް އާއްމުން ބައިވެރިވެގެން ކުރަމުން އަންނަކަމަށް ވެއެވެ. މިއަލިފާނުގެ ހާދިސާގެ ވީޑިއޯއެއްގައި ބުނާގޮތުން ފަޔަމަނުން އަދި އެވަގުތު އެސަރަހައްދަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް އަލިފާނުގެ މި ހާދިސާގެ ޚަބަރު 6 ޖެހިއިރު އެންއެންޑީއެފްގެ ފަޔަމަނުންނަށް ލިބުމާއެކު އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ވީދަޑަކީ ފުވައްމުލަކު ކުޅިތަކާއި ގުޅިފައިވާ ޗަސްބިން ސަރަހައްދަށް ފުވައްމުލަކު މީހުން ކިޔާ ނަމެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދަޑިމަގުކިޅި ސަރަހައްދުގައި ވެސް އަލިފާން ރޯވެ ބޮޑު ސަރަހައްދެއް އަނދާފައި ވެއެވެ.
ގިނަފަހަރަށް މިފަދަ އަލިފާން ތަކަކީ ބަޔަކު ގަސްދުގައި ރޯކޮށްލާ އަލިފާނވެ. އަދި ވަކި ހިސާބަކުން ކޮންޓްރޯލް ނުވެ ފެތުރިގެން ދަނީ އެވެ. ބައެއް ފަހަރު ޒުވާނުް އުމުރުފުރައިގެ ކުދިން މަޖަލަކަށް ވެސް މިކަން ކުރާ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ވިދަޑާއި ގުޅިފައިވާ ގޭގެތައް ހުރުމާއި އެހިސާބުގެ މާހައުލަށ ްބޮޑެތި ގެއްލުންތަކެއް ވެގެން ދާތިއެވެ.

މިއަދުގެ އަލިފާނުގެ ހާދިސާ – 17 ފެބްރުއަރީ 2022
ކޮންމެ އަހަރަކު ހެން އިރުވައި މޫސުން ނިމޭ ހިސާބުގައި ވީދާޑު ސަރަހައްދުގައި ރޯކޮށްލައެއެވެ. މިފަހަރުވެސް ބޮޑަށް ބެލެވެނީ ބަޔަކު ގަސްދުގައި ރޯކޮށްލި ރޯ ކުރުމެއް ކަމަށެވެ. އިރުވައި މޫސުން ނިމޭ އިރު ވީދަޑުގެ ބޮޑު ބައެއްގައިވާ ‘ލޮންސި’ އާއި ‘ހައު’ ގަސްތަކުގެ ބުޑުން ބޮޑު ބައެއް ހިކިފައި ހުރެއެވެ. އަދި މާކެޔޮގަސްތަކާއި އެނޫން ވެސް ގަސްތަކުގައި އަލިފާން ހިފާ ޒާތުގެ ބާވަތތައް ގިނަ އަދަދަކަށް ހުރެއެވެ.
މީއީ ހޭލުންތެރިވެ، މިކަމުގައި ނުރައްކަލާއި މެދު ވިސްނައި ހުއްޓާލަން ޖެހިފައިވާ ނޭދެވެ އަމަލެކަމަށް ބުނެ ފުވައްމުލަކުގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ވެސް މިކަމާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.
ބޭރު ގައުމުތަކުގައި ހޫނުމޫސުމުގައި ‘ފޮރެސްޓް ފަޔާ’ އަށް ފަޔަމަނުން ތައްޔާރުވާ ގޮތަށް ފުވައްމުލައް ސިޓީގައި ވެސް ފަޔަމަނުން މިފަދަ ހާދިސާތަކަށް ޚާއްސަކޮށް ހޫނު މޫސުމުަގއި ތައްޔާރުވެ ތިބެން ޖެހެއެވެ. އެހެނީ މިއީ ތަކުރާރުކޮށް ހިނގަމުން އަންނަ ކަމަކަށް ވާތީ ގެއްލުން ކުޑަކުރުމުގެ ގޮތުން ތައްޠާރުވާން ޖެހެއެވެ.
ޚިޔާލުތައް