ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި “ކުދުކޫދުންގެ މަހާސަމާ” ގެ ނަމުގައި ކުޑަކުދިންނަށާއި ޢާއިލާތަކަށް ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

ކުދުކޫދުންގެ މަހާސަމާގެ ތެރެއިން
މި މަހާސަމާއަކީ ބަހާއި ގައުމިއްޔަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ “ފަތިސް”ގެ “ބަސްދަސް ޓީމުން” އިންތިޒާމްކޮށްގެން ޝަހީދުންގެ ދުވަހުގެ މުނާސަބާގައި ކުރިޔަށް ގެންދިޔަ ޚާއްޞަ ޙަރަކާތެކެވެ.

ކުދުކޫދުންގެ މަހާސަމާގެ ތެރެއިން
މި މަހާސަމާގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ޝަހީދުންގެ ދުވަހާއި އަދި ގައުމީ އަބްޠާލުންނާ ބެހޭ މަޢުލޫމާތު ދިނުމާއި ގައުމީ ދިދަޔާއި އެހެނިހެން ކުރެހުންތައް މޫނުގައި ކުރަހައިދިނުމާއި ފުލުހުންގެ ސައިކަލުގައި ކުދިންނަށް ފޮޓޯ ނެގުމުގެ ފުރުސަތާއި ގައުމީ އަދަބީ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ކުދިންނަށް ދީފައިވެއެވެ.

ކުދުކޫދުންގެ މަހާސަމާގެ ތެރެއިން

ކުދުކޫދުންގެ މަހާސަމާގެ ތެރެއިން
https://www.facebook.com/107632244374439/posts/491974672606859/
(މަހާސަމާގެ ބައެއް ފޮޓޯތައް މި ދެ ލިންކުން ބަލާލެވޭނެ)
https://www.facebook.com/107632244374439/posts/492007779270215/
“ފަތިސް” އަދި “ބަސްދަސް”ގެ މި ފަދަ ޙަރަކާތްތައް ރާވައި ހިންގާ ފަރާތްކަމުގައިވާ ފަތުޙުﷲ ޞާލިޙް މަޢުލޫމާތު ދިން ގޮތުގައި މި މަހާސަމާގެ މަޤްޞަދަކީ ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި ދިރުވައި އާލާކުރުމާއި މި ފަދަ ޕްރޮގްރާމެއްގެ ތެރެއިން ގައުމީ އެކިއެކި ކަންކަމާ ގުޅޭ މައުލޫމާތުތަކަށް ކުދިންނާއި ބޮޑެތި މީހުން އަހުލުވެރި ކުރުވުމާއި ފުވައްމުލަކު ބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ފޯރީގައި މި ފަދަ ގައުމީ މުނާސަބާތައް ފާހަގަކުރުމުގައި ކުދިން ބައިވެރި ކުރުމެވެ.

ކުދުކޫދުންގެ މަހާސަމާގެ ތެރެއިން
މި މަހާސަމާގައި މަޢުލޫމާތުދިނުމާއި އެހެން ހުރިހައި ކަމެއްވެސް ކުރިޔަށް ގެންގޮސްފައިވަނީ ފުވައްމުލަކު ބަހުންނެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވި މި މަހާސަމާ ބޭއްވީ ފުވައްމުލަކު މާނޭރެ ސަރަހައްދުގައެވެ.

(ބަސްދަސް ޓީމުގެ ބައެއް މެންބަރުން – މަހާސަމާގެ ބައިވެރިއަކާއެކު)



ޚިޔާލުތައް