ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހަށް އެންމެ ފުރަތަމަ އައްޔަންވި ނުވަތަ ހޮވުނު އަންހެން ބޭފުޅަކީ މުއުމިނާ ހަލީމުކަމަށް ތާރީޚު ދިރާސާކުރައްވާ މުހައްމަދު ޝާތިރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންމިދާ އަންހެނުންގެ ދުވަހާއި ގުޅިގެން ޝާތިރުގެ ފޭސްބުކް ސްޓެޓަސްގައި ލިއުއްވާފައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް އެންމެ ފުރަތަމަ އަންހެން ބޭފުޅަކު ހޮވިވަޑައިގެންފައިވަނީ 1975 ވަނަ އަހަރުއެވެ. އެއަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާ ތަމްސީލުކުރެއްވުމަށް ހޮވިވަޑައިގަތް މުއުމިނާ ހަލީމު އެމަޖިލީހުގައި 1979 އަހަރާއި ހަމައަށް ހުންނެވިއެވެ. އެކަމަނާއަކީ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެވެސް ފުރަތަމަ އަންހެން މެންބަރެވެ. އެކަމަނާ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެވުނީ 1977 ވަނަ އަހަރު ހެލްތު މިނިސްޓަރުގެ މަގާމަށެވެ.

ހެލްތު ދާއިރާއިން އޮސްޓްރޭލިއާއިން ތައުލީމު ހާސިލު ކުރެއްވި މުއުމިނާ ހަލީމް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންވެ ވަޑައިގަތީ 1977 ވަނަ އަހަރު ޖެނުއަރި މަހުގައެވެ. އަދި އެމަގާމުގައި 1978 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް ހުންނެވިއެވެ. އޮނަރަބްލް މޫމިނާ ޙަލީމަށް ވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަގަބުދެއްވާފައެވެ.
+1
+1



ޚިޔާލުތައް