ހިއުމަންރައިޓްސް ކޮމިޝަނުން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މިއަދު ބައްދަލުކޮށްފިއެވެ.
މިއަދުގެ ބައްދަލުވުން ބާއްވާފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ ކޮޓަރީގައެވެ. މިބައްދަލުުވުުގެ ރިޔާސަތު ބެލެހެއްޓެވީ ފުވައްމަލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ މުހައްމަދު ފިކުރީއެވެ. ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލް މެމްބަރުންނާއި ސިޓީ ކައުންސިލް އިދާރާގެ އިސް މުވައްޒަފުން ވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ. އެޗްއާރުސީއެމްގެ ފަރާތުން 5 މެމްބަރަކު މިބައްދަލުވުމުގައި ބައިވެރިވެފައި ވެއެވެ.
މި ބައްދަލުވުމުގައި އެ ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ފުވައްމުލައް ސިޓީ ކައުންސިލާއި ހިއްސާ ކުރައްވާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ތްރާނސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ބޭއްވި ބައްދަލުވުން
މި މާރިޗު މަހު 17 ވަނަ ދުވަހު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ފުވައްމުލައް ސިޓީ ކައުންސިލާއެކު ބައްދަލުކުރައްވާފައި ވެއެވެ. އެބައްދަލުވުމުގައި މަޝްވަރާކުރެވިގެން ދިޔައީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް އޭރު ހަމަޖެހިފައި އޮތް ކެރިއަރ ގައިޑެންސް ޕްރޮގްރާމްއާއި ގުޅޭގޮތުންނެވެ.

ބޯހިމެނުމުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށްފަހު
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތްތައް ވިލަރެސްކުރެވިފައިވާ ގޮތާއި، ބޯހިމެނުމުގެ ސުވާލު ކަރުދާހާއިގުޅޭ މައުލޫމާތު ފުވައްމުލައް ސިޓީ ކައުންސިލާއި ހިއްސާކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާރިޗު 17ގައި ފުވައްމުލައް ސިޓީ ކައުންސިލާއެކު އެކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބާއްވާފައި ވެއެވެ.

ޖީޖީގެ ބައްދަލުވުން
މީގެ އިތުރުން މިމާރިޗު މަހު 16 ގައި ޕޮރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ފަރާތުންވެސް ފުވައްމުލައް ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި ޕްރޮސިކިއުޓަ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމު ބައިވެރިވެ ވަޑަގެންފައި ވެއެވެ. ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މިބައްދަލުވުމުގައި އެދާއިރާއާއި ގުޅެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފުވައްމުލައް ސިޓީގައި ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ މިދަތުރުފުޅަކީ ރާއްޖޭގެ އަތޮޅުތަކުގައި އެ އޮފީހުން ދެމުންގެންދާ ޚިދުމަތްތަކާއި، ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.



ޚިޔާލުތައް