ފުވައްމުލައް ސިޓީގައި ޤުރުއާނާ ބެހޭ މަރުކަޒު ޢިމާރާތުގެ އަމަލީ މަސައްކަތް އިއްޔެ ފައްޓާ ދެއްވައިފިއެވެ. މިރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފެއްޓުމުގެ ގޮތުން އިމަރާތުގެ ފައުންޑޭޝަން ބުޑަށް ކޮންކްރިޓް އަޅާ ދެެއްވީ ނާއިބުރައީސް ފައިސަލް ނަސީމު އާއި އިސްލާމިކް މިނިސްޓާ ޑރ. އަހުމަދު ޒާހިރުގެ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓާ އަހުމަދު މަޚުލޫފު އާއި އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަ މުހައްމަދު މިހާދު އެވެ.
ފުވައްމުލައް ސިޓީ ޤުރުއާނާބެހޭ މަރުކަޒު ޢިމާރާތް ކުރާތަން ބަދަލުވެ މިހާރު އެއިމާރާތް ކުރަނީ ކުރިން ހޯދަޑު މަކްތަބު އަދި ފަހުން އަބޫބަކުރު ސްކޫލް ހުރި ތަނުގައެވެ. އެއީ އަނބުލު ފަންނުން އިރުމަތީ ބިތެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓރީގެ އިސްބައެއް ފަރާތްތަކާއި ފުވައްމުލައް ސިޓިގެ މުއައްސަސާތަކުގެ އިސްވެރިންނާއި އާއްމުގެ ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ އަމަލީ މަސަކައްތް ފެށުމުގެ ރަސްމިއްޔާތު. 23 އޭޕްރީލް 2022
އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުގެ ވިސްނުމަކީ ސަރުކާރުގެ އިމާރާތްތައް ރަށުގެ އެކިހިސާބުތަކުގެ ހުނަގޮތަށް ކަންކަން ރޭވުންކަމަށެވެ. އެގޮތުން މިހާރު ގުރުއާނާއި ބެހޭ މަރުކަޒު އިމަރާތްކުރެވޭ ހޯދަޑު އަވަށަކީ ސަރުކާރުގެ އެއްވެސް އިދާރާއެއް ،އިމާރާތެއް ނެތް އަވަށެއްކަން ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ގުރުއާނާއިބެހޭ މަރުކަޒު އިމާރާތްކުރުން މިހާރުގެ ކައުންސިލުން ވެސް އެންމެ ފުރަތަމަ މަސައްކަތްކުރީ ކުރީގެ ފައުންޑޭޝަން ސްކޫލް ހުރި ބިމުގައެއެވެ. އެތަނުގައި އެކަން ނުކުރެވުނީ ކޯޓް އަމުރެއްގެ ދަށުން އެބިމުގައި އެއްވެސް ކަމެއް ނުކުރުމަށް އަންގާފައި އޮތުމުން އެކަމުގައި ކުރިށްދެވޭނެ ގޮތެއް ނުފެނުމުންނެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ އަމަލީ މަސަކައްތް ފެށުން 23 އޭޕްރީލް 2022
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ފުވައްމުލައް ސިޓީގައި އިމާރާތްކުރެވޭ ގުރުއާނާއި ބެހޭ މަރުކަޒަކީ މުޅިން ތަފާތު ޑިޒައިނަކަށް، އައު ގޮތަކަށް އައު ޚިދުމަތްތަކަކާއެކު، އިމާރާތްކުރެވި މޚިދުމަތްތައް ދެވެމުންދާނަކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެކަން އިމާރާތުގެ ކުރެހުމުގެ ފޮޓޯއިން ވެސް ފާހަގަ ކުރެވޭނެ ކަމަށެވެ.
މި މަރުކަޒުގައި މުސްތަގިއްލުކޮށް ކޯސްތައް ފަރުމާކޮށް ހިންގުން މިނިވަންކަމާއެކު ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސައިދެއްވާނެ ކަމަށެވެ. ވުމާއެކު މިމަރުކަޒު ހިނގާނީ މާލޭގެ ގުރުއާނާއި ބެހޭ މަރުކަޒުގެ ދަށުންނޫންކަމަށް މޭޔަރު ވިދާޅުވި ވިދާޅުވުން އިސްލާމިކް މިނިސްޓަރު އިތުރަށް ޔަގީންކޮށްދެއްވިއެވެ.
ފުވައްމުލަކުގައި ގާއިމުކުރެވޭ މިމަރުކަޒު ވެގެންދާނީ މިސަރަހައްދުގެ އެނެމް އިސް މަރުކަޒުކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ އަމަލީ މަސަކައްތް ފެށުން 23 އޭޕްރީލް 2022
2019 ވަނަ އަހަރުން ފެށިގެން މިއިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވުނު ނަމަވެސް މަސަކަތް ކުރިޔަށް ކުރިޔަށް ނުދާތީ އެފަރާތުން މަސަކަތް ނެގުމަށްފަހު އިތުރު ފަރާތްތަކާއި ވެސް މަސައްކަތް ހަވާލުކުރެވުނު ކަމަށާއި ނަމަވެސް އެންމެ ފަހުން ހަވާލު މިކުރެވުނު ކޮންޓްރެކްޓރަކާއި އެކު މަސައްކަތް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓރީއިން އުއްމީދު ކުރައްވާކަމަށް ރަސްމިއްޔާތުގައި ހާމަކުރެވިގެން ދިޔައެވެ.
ފުވައްމުލަކުގައި މިހާރުވެސް ދެ މިސްކިތެއް އިމާރާތްކުރުމުގެ މަސަކަތް ކުރިޔަށް ދާކަން މޭޔަރު ފަހަގަ ކުރެއްވިއެވެ. އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތަށް ހުރިހާ ފަރާތެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ފުވައްމުލަކުގެ ގުރުއާނާއި ބެހޭ މަރުކަޒު އިމާރާތް ކުރަނީ ރައިސާ ޕްރައިވެޓް ލިމިޓަޑުންނެވެ. ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ އަމަލީ މަސަކަތް ފެށުން 23 އޭޕްރީލް 2022
މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި، ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާނެއެވެ. ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް، ފޮޓޯ:ފައިލް



ޚިޔާލުތައް