A wide advertisement which will be shown on all devices. (700 x 100)

އެތެރޭގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ މެޝިން ގެނެސްފި

ތާރުއަޅާ މެޝިން މަގުމަތީގައި ދަމާފައި ރަށުގެ އަނެއް ކޮޅަށް ގެންދަނީ

މިހާރު ހަދަމުންދާ ފުވައްމުލައްސިޓީގެ އެތެރޭގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ މެޝިން އިޔެ ފުވައްމުލަކަށް ގެނެސްފިއެވެ.

މިމެޝިނާއެކު ތާރުއެޅުމަށް ބޭނުންވާ ސާމާނުތައް ވަނީ ގެނެސްފައެވެ.

މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަސައްކަތް ކުރާ އެމްޓީސީސީން ވަން އޮންލައިނަށް ބުނެފައިވަނީ ފުވައްމުލަކުގެ އެތެރޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 71 އިންސައްތަ ނިމިފައިވާ ކަމަށެވެ. ނަމަވެސް ފުވައމްުލަކުގެ އެއްވެސް މަގެއް އަދި ތާރުއެޅުމަށް ތައްޔާރުނުވާކަށް ވެއެވެ. އެގޮތުން އަދި ކުރަމުން އަންނަނީ ސްޓޯމްވޯޓާ ސިސްޓަމް އެޅުމުގެ މަސައްކަތެވެ. އެއްވެސް ހިސާބަކުން މިމަސައްކަތް އަދި ނިމިފައެއް ނުވެއެވެ.

ތާރުއަޅާ މެޝިން ފުވައްމުލަކަށް ގެނައުން

އަދި ތާރުއެޅުމަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް (ތާރުއަޅާ މެޝިން) މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކު ބަނދަރަށް (އިރުމަތީ ކޮޅަށް ބާލައިގެން އެ ބަރު ބޮޑުމެޝިން ފުވައްމުލައްމުލަކުގެ ހުޅަނގު ކޮޅަށް ގެންދިޔައީ ކުރީގައި ތާރުއަޅާފައިވާ މަގުމަތީގައި ލަކުޑި އަޅައިގެން ދަމާފައެވެ. މެޝިން މަގުމަތިގައި ދަމާފައި ގެންދިއުމުން އެކަމަށް ބައެއް މިހުން ފާޑުކިޔާފައި ވަހަކަ ދާއކާފައި ެވއެވެ. އެގޮތުން ބައެއް މިހުން ބުނާ ގޮތުގައި އަދިވެސް މަސައްކަތް ކުރަން އިސްމިކުރެވެނީ އެންމެ ކުރީ ޒަމާނުަގއި އެއްވެސް ވަސީލަތެއް ނެތި މަސައްކަތް ކުރި ގޮތަށްކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރީގެ ގައި ހަދަފައިވާ މަގަށް ގެއްލުންތަކެއް ލިބޭނެކަމަށެވެ. މިއޮތްފަދަ ކުރިއަރާފައިވާ ޒަމާނުގައި އަދި އެމްޓީސީސީގައި ބޮޑެތި ލޭތު މެޝިނާއެކު ވޯކްޝޮޕްތައް ހުރިއިރު އެމެޝިން ގެންދަން އެކަށޭނަ ފުރޮޅެއް، ނުވަތަ ބޯލްބެއަރިން އެއްފަދަ އެއްޗެއް ވެސް ހަދާލެވޭވަރު ވެސް ނުވީތޯ ނުވަތަ އެފަދަ އެއްޗެއް ހޯދޭނެ ގޮތެއް ވެސް ނުފެނުނީ ތޯ ސުވާލު އުފައްދައެވެ.

ތާރުއަޅާ މެޝިން ފުވައްމުލަކަށް ބާލަނީ 27 އޭޕްރީލް 2022

އެމްޓީސީއިން މަގުހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާގޮތާއި މެދު އާއްމުންގެ ފާޑުކިޔުން ވެސް ބޮޑުވެވެ. އެގޮތުން ގޭގޭގެ ދޮރޯއްޓާދިމާލުން ނުވަތަ ގޭގެއަށް ވަންނަ ދޮރާއި ދިމާލުން ދުވާރުގެ އަރިމަތީގައި ކަންވަށްކުރި ގާނުޖަހާތީ އެކަމުގެ ކަންބޮޑުވުން ވެސް އާއްމުން ފާޅުކުރެއެވެ. މިހެން ދިމާވުމުން ސައިކަލުގައި އަންނަ އަންނަގޮތަށް ގޮސް ގޯތިތެރެއަށް ސައިކަލު ވެއްދުމަށް ދަތިވެ މަގުގައި އެ އުޅަނދު ބަހައްޓަން ޖެހުމުން މަގުން ދުއްވާ އުޅަނދުތަކަށް ހުރަހަކަށްވެގެން ދެއެވެ.

މަގުތަކުގެ ދުވާރު ފުޅާކޮށް ދުއްވާ އެއްޗެއްސަށް އޮންނަބައި ހަނިކުރެވިފައި ވުމުން މީހުންގެ ސައިކަލާއި އެހެނިހެން ދުއްވާ އުޅަނދުތައް މަގުގައި މަޑުކުރެވޭނެ އަދި ޕާކުކުރެވޭނެ ވަރުގެ ޖާގައެއްވެސް ނުހުންނަ ކަމަށް ބުނެ ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

ތާރުއަޅާ މެޝިން ފުވައްމުލަކަށް ގެނައުން

މި މަޝްރޫއުގެ ދަށުން، 122،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ލޭޔާ ތައްޔާރުކުރުމާއި 95،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 27،500 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. މީގެ އިތުރުން މަގުތައް ކުރެހުމާއި ނިޝާން ހަރުކުރުން އަދި މަގުބައްތި ޖެހުމާއި 20،000 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހެއެވެ.

މިމަސައްކަތް ނިންމުމައް އެކިފަހަރު މަތިން  ތާރީޚުތައް ދެމުން ގޮސް އެންމެފަހުން ދީފައިވަނީ މި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. ނަމަވެސް މަސައްކަތް ކުރިޔަށް ދާ ހަލުއި މިނަށްބަލައި މިއަހަރުގެ ނޮވެމްބަރު މަހަށްގެ ނިޔަލަށް ވެސް މިމަސައްކަތް ނިންމާލުމަކީ ދުރުކަމެއް ކަމަށް ފުވައްމުލަކު ބައެއް މީހުން ދެކެއެވެ.

މި މަޝްރޫއުގެ އަގަކީ 331.05 މިލިއަން ރުފިޔާއެވެ.

މިހާރު ކުރިޔަށްދާ މަޝްރޫއުގައި ހަދަނީ 18 ކިލޯމީޓަރުގެ މަގެވެ. މިމަޝްރުއޫގެ ތެރެއަށް 2 ވަނަ ފޭސް އެއްގެ ގޮތުގައި އިތުރަށް 10 ކިލޯމީޓަރުގެ މަގު ހެދުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވައި އެކަން ވަނި އިއުލާން ކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !