A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ ވެލޭ ކަނހަބުގެ ދުވަހާއި ގުޅިގެން ފޮޓޯގްރަފީ މުބާރާތެއް ހުޅުވާލައިފި

ވަލެއްގައި ބަނދެވިފައިވާ ވެލައެއް ސަލާމަތް ކުރުމުގު މަސައްކަތުގައި . ފޮޓޯ: ބްލޫޕީސ

ދުނިޔޭގެ ވެލާ ކަނހަބުގެ ދުވަހާއި ގުޅިގެން ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ހުޅުވާލައިފިއެވެ. ދުނިޔޭގެ ވެލާ ކަނހަބުގެ ދުވަހަކީ 16 ޖޫން އެވެ.

މިދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ކަނޑުތަކުން ފެންނަ ވެލާ ކަހަނބު ހިމާޔާތްކުރުމުގެ މުހިންމުކަމަށް މީހުންގެ ސަމާލުކަމަށް ގެނައުމެވެ.

ދުނިޔޭގެ ކަނޑުތަކުން 7 ބާވަތެއްގެ ވެލާ ކަހަނބު ފާހަގަ ކުރެފައި ވެއެވެ. އަދި ރާއްޖެގެ ކަނޑުތަކުން ވެސް 5 ބާވަތެއްގެ ވެލާ ކަހަނބު ފެންނަކަމަށް ވެއެވެ. މިހާރު ދުނިޔޭގެ ކަނޑުތަކުގައި 6.5 މިލިޔަނެއްހާ ވެލާ ކަހަނބު ދިރިއުޅޭ ކަމަށް ކަމުގެ މާހިރުން ލަފާ ކުރެއެވެ.

އެންމެ ގިނައިން ވެލާ ކަހަނބު ދިރިއުޅެނީ ދެކުނު އެމެރިކާގެ ކޮސްޓަރިކާގައި ކަމަށް ވެއެވެ.

ވެލާ ކަހަނބާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މިލިންކުން “މެރިން ޓާޓްލސް އޮފް ދި މާލްޑިވެސް” ބައްލަވާލަައްވާ!

ދުނިޔޭގެ ވެލާ ކަހަނބުގެ ދުވަސް 16 ޖޫން – ފޮޓޯ މުބާރާތް 2022

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކުން ވެސް 26 މެއި 2022 ގެ ކުރިން ފޮޓޯ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ފޮޓޯ މުބާރާތުގެ 3 މައުޟޫއެއް ކަނޑައަޅަފަިއ ވެއެވެ. އެއީ:

  • ވެލާ ކަނހުބު އެތަކެތީގެ ގުދުރަތީ މަހައުލު
  • ވެލާ ކަނހަބަށް ދިމާވާ ނުރައްކާތައް
  • ދިވެހިރާއްޖެއިން ފެންނަ އެކިބާތްތަކުގެ ވެލާ ކަނހަބުގެ

މިމުބާރާތުގައި ބައިވެރިކުރާ ފޮޓޯ ފޮނުވަން ޖެހެނީ environment@environment.gov.mv އަށެވެ. މިމުބާރާތުަގއި ބައިވެރިވުމަށް އެދޭ ފޯމު http://www.environment.gov.mv/v2/en/types/downloads މިލިންކް އިން ލިބެން ހުންނާނެ ކަމަށް ތިމާވެއްޓާިއ ބެހޭ މިނިސްޓްރީއިން ހާމަކުރައްވައެވެ.

މި މުބާރާތުަގއި ފޮޓޯތައް ވަޒަން ކުރުމަށް ކަނޑައަޅާފައިވަނީ އުފެއްދުންތެރިކަމަށް 20، ކޮމްޕޮޒިޝަން (ޓެކްނިކްލް ކަންކަމާއި ކޮލިޓީ) އަށް 20، ފަންނުވެރިކަމާއި ހުނަރަށް 20 އަދި ކެޓަގަރީއާއި ގުޅުން ހުރި މިންވަރަށް 40 މާކްސް ދޭގޮތަށެވެ.

މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަ ހާސް) ރުފިޔާގެ އިނާމު، ދެވަަނައަށް 6،000 (ހަ ހާސް) ރުފިޔާގެ އިނާމު، އަދި 3ވަނަ އަށް 3،000 (ތިން ހާސް) ރުފިޔާގެ އިނާމު ހުށަހަޅާފައި ވެއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !