މިއަހަރު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފުވައްމުލައް ސިޓީގައި ވެސް މިއަދު (4 މެއި 2022) ފަށައިފިއެވެ. ކެމްބްރިޖް އޯލެެލް އިމްތިހާނު ބާއްވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. އިމްތިހާނު ނިމޭނީ 10 ޖޫން 2022 ގައެވެ.
މިއަހަރު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން 74 ދަރިވަރުން ބައިވެރިވެއެވެ. އެއީ ސައިންސް ސްޓްރީމަށް ކިޔަވާ 34 ދަރިަވރުންނާއި ބިޒިނެސް ސްްރީމަށް ކިޔަވާ 36 ދަރިވަރުންނެވެ. މީގެ އިތުރުން ބީޓެކް ސްޓްރީމްގެ 4 ދަރިވަރުން ހިމެނެއެވެ. މިދަރިވަރުންގެ ތެރޭގައި ހިމެނެނީ އަންހެން 39 ދަރިވަރުންނާއި، ފިރިހެން 31 ދަރިވަރުން ކަމަށް ޏ.އޭއީސީގެ ޕްރިންސިޕަލް އިސްމާއީލު ސައުދުﷲ މައުލޫމާތު ދެއްވައެވެ. މިދަރިވަރުންނަކީ ޏ.އޭއީސީގެ އިތުރުން މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އަދި ފުވައްމުލަކު ސްކޫލް (އެފްއެސް) ގެ ދަރިވަރުންނެވެ.
ސައިސްސް 34
އަންހެން 20
ފިރިހެން 14
ބިޒިނެސް 36
އަންހެން 19
ފިރިހެން 17
މުޅި ރާއްޖެއިން 5900 ދަރިވަރުން މިއަހަރު މިއިމްތިހާނު ހަދައެވެ. މިއިމްތިހާނުން އެންމެ މަތިން ނަތީޖާ ހޯދާ ދަރިވަރުން ފާހަގަ ކުރުމަށް އޯލެވެލް ގަދަ 10 ވަނައަށް އަންނަ ދަރިވަރުން ހޮވައި އިނާމު ދިނުން އޮވެއެވެ.
މިއީ ރާއްޖޭގައި ފަށާތައުލިމު ނިންމާ ރަސްމީ ފުރަތަމަ މަރުހާލާއެވެ. އެއީ ގްރޭޑް 10 ނިމުމެވެ. ނުވަތަ ރަސްމީ ތައުލީމގެ 10 އަހަރުގެ ނިމުމެވެ. މިއިމްތިހާނުން ރަނަގޅު ނަތީޖާ ހޯދާ ދަރިވަރުން އޭލެވެލް ނުވަތަ ހަޔާ ސެކަންޑަރީއަށް ކިޔަވަން ފުރުސަތު ލިބެއެވެ. އަދި އެންމެ ރަނަގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށް ކޮލެޖްތަކުގައި ވޮކޭޝަނަލް ދާއިރާ އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތައް ހަދައި އިތުރަށް ކިޔެވުމަށް ނުވަތަ އާއްމު މަސައްކަތަށް (ވަޒީފާއަށް) ދިއުމުގެ ފުރުސަތު ހުޅިވިގެން ދެއެވެ.
ބައެއް ދަރިަވރުން ގްރޭޑް 10 ނިންމާފައި ވެސް ސީދާ ވަޒީފާއަށް ދެއެވެ.
ރާއްޖޭގައި އޯލެވެލްއަށް ކެމްބްރިޖް ސިލަބަސް އަށް ކިޔެވި ކަމުަގއި ވިޔަސް އޭލެވެލް ނުވަތަ ހަޔާ ސެކަންޑަރީއަށް ކިޔަވަނީ އަދިވެސް ލަންޑަންގެ އެޑެކްސެލް އޭލެވެލް އިމްތިހާނެވެ. މިއިމްތިހާނު އޮންނަނީ ކޮންމެ އަހަރަކުވެސް އޮކްޓޯބާރު ނޮވެމްބަރުގައެވެ.
ޚިޔާލުތައް