A wide advertisement which will be shown on all devices. (700 x 100)

ދި ހޯކްސް-ފުވައްމުލައް ސިޓީގެ ތެޔޮ ޓޭންކެއް ގޮވައިފި

މިއަދު ހިނގި ތެޔޮ ތޭންކް ގޮވުމުގެ ހާދިސާ

ފުވައްމުލައް ސިޓީގައި ތެލުގެ ވިޔަފާރުި ކުރަމުން އަންނަ “ދި ހޯކްސް” ގެ ތެޔޮ ޓޭންކެއް މިއަދު މެންދުރުގެ ވަގުތެއްގައި ގޮވައިފިއެވެ.

އެއީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރި ކުރިން ބޭނުން ކުރި ތެޔޮ ޓޭންކެވެ.

މިދަދު ހިނގި ތެޔޮ ތޭންކް ގޮވުމުގެ ހާދިސާ

މިހާދިސާ ހިންގަން މެދުވެރިވީ ކުރިން ބޭނުންކުރުމަށްފަހު ދި ހޯކްސް ތެޔޮ ޕޮއިންޓުން ބޭރުގައި ބޭނުންނުކޮށް ބާއްވާފައި އޮންނަތާ ގިނަ ދުވަސްވީ ތެޔޮ ޓޭންކެއް ކެފުރުގެ މަސައްކަތް ކުރިނިކޮށް އެޓޭންކް ގޮވައިގެންނެވެ.

ހާދިަސާގެ ގެ މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި ތެޔޮޓޭންކްގެ ފަޅާލުމުގެ މަސައްކަތް ކުރަމުން އައީ ދަގަނޑުކަފާ ގްރޭންޑަރު ޒާތުގެ އާލާތަކުންނެވެ. ޓޭންކް ގޮވަން މެދުވެރިވީ ކެފުމުގެ ސަބަބުން ހޫނު އުފެދިގެން ކަމަށް ބެލެވެއެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް-ފަޔާ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެތަނަށްގޮސް އަލިފާންގަޑު މައިތިރި ކުރިއެވެ.

މިއަދު ހިނގި ތެޔޮ ތޭންކް ގޮވުމުގެ ހާދިސާ

ހާދިސާ ހިނގި ސަރަހައްދާއި އިންވެގެން އެފްއެސްއެމް ތެޔޮ ޕޮއިްނޓާއި ދި ހޯކްސްގެ ތެޔޮ ޕޮއިންޓް ހުރުމުން ހާދިސާގެ ނުރައްކާތެރިކަން އިތުރުވިއެވެ. ނަމަވެސް މިހާދަސާގައި އެދެ ކުންފުނީގެ ތެޔޮޓޭންކް ތަކަށް ދުމުގެ އަސަރުކުރުން ފިަޔވައި އިތުރު ގެއްލުމެއް ލިބިފައިވާކަން އެނގިފައެއް ނުވެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 20 ވަރަކަށް ފޫޓު އުސް ބޮޑު އެތެޔޮ ޓޭކްކު ކެފުމުގެ މަސައްކަތުގައި 4 މީހުން ހަރަކާތްތެރި ވިއެވެ. އެއީ ދިވެހި ފިރިހެނަކާއި 3 ބިދޭސީ ފިރިހެނުންނެވެ. އެތަނުން އަނިޔާ ލިބުނީ ބިދޭސީ މީހަކާއި ދިވެހި މީހާގެ އިތުރުން އެވަގުތު އެސަރަހައްދުގައި ތެޔޮއަޅަން ސައިކަލު ކައިރީ މަޑުކޮށްގެން ހުރި ދިވެހި އަންހެނަކަށެވެ.

މިހާދަސީގައި އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާގެ އަތް ވަނީ ވަރަށްބޮޑަށް ފިހިފައެވެ. އަދި ބިދޭސީ މީހާގެ ހަށިގަނޑުގެ ތިރީބައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާއި ހަވާލާދީ މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ.

މިދަދު ހިނގި ތެޔޮ ތޭންކް ގޮވުމުގެ ހާދިސާ

ބިދޭސީ މީހާގެ ހާލު ސީރިއަސް ކަމަށް ފުރަތަމަ ބެލެވުނު ކަމުގައި ވިޔަސް މިހާރު ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި ހަށިގައިޑުގެ ބައިތައް ފިހުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކްސްރޭނަގައި ބެލިބެލުމުން އިތުރު ގެއްލުމެއް ހުރިކަމަށް ނުފެންނަ ކަމަށް ވެއެވެ.

ތެޔޮއަޅަން ހުއްޓާއި ގޮވުމުގެ ހާދިސާގެ އަޑާއި ގުގުމަށް ސިއްސައިގެން ގޮސް ސައިކަލާއި އެކު ވެއްޓުނު އަންހެން މީހާގެ ފައިތިލައިގެ ކަށީގައި ރެނދެއް ހުރިކަމަށާއި ގައިގެ ބައެއް ތަންތަން މަށައިގެން ގޮސްގެން ގޮސްފައި ވެއެވެ.

މިހާދިސާހިންގި ބާ ތެޔޮ ޓޭންކް އެތަނުން އެނެގުމަށް ދަ ހޯކްސް އަށް ފުވައްމުލައް ސިޓީ ކައުންސިލުން ތަކުރާރުކޮށް އަންގާފައިވާ ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !