A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީގައި ބާއްވާ ޤިރާއަތު ކޯހާއި ޤާރީ ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފީގެ ކުރެހުމެއް ފޮޓޯ:ފައިލް

ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ ގޮފީގައި ކުރިއަށްދާ ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މަރުކަޒުގެ ފުވައްމުލައް ސިޓީ ގޮފިން ދޫކުރަމުން ގެންދާނެކަމަށާއި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސުފަރާތްތަކުން 1 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި  ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލަށް ގޮތްޕަށް ހުށަހެޅުން ނުވަތަ ފުވައްމުލައް ސިޓީ ކައުންސިލް ގެ އީމެއިލް ނުވަތަ info@fuvahmulah.gov.mv ށް މެއިލް ކުރެއްވުމަށް އެމަރުކަޒުން އެދިލައްވައެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !