ފުވައްމުލައް ސިޓީ ނާއިބުތުއްތު މަގުގައި ނުރައްކާތެރި އެކްޑިޑެންޓެއް ދާދި ދެންމެއަކު ހިންގަިއފިއެވެ.
އެސަރަހައްދުން މިކަލް ނިއުސްގެ ރިޕޯޓަރު ހާކުރާ ގޮތުގައި މިއެކްސިޑެންޓަކީ އެމަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެސައކަލު ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓް ހިނގާފައިވަނީ ނާއިބުތުއްތު މަގު ދަ ހޯކްސް ޕެޓްރޯލް ޝެޑް ކުރިމަތިންނެވެ.
މިހާދިސާގައި އެކްސިޑެންޓްވި އެއް ސައިކަލް ދުއްވަންއިން ޒުވާން ފިރިހެން މީހާގެ ބޯފަޅައިގެން ގޮސްގެން މަގަށް ވަރަށްގިނައިން ލޭފައިބާފައި ވެއެވެ. ބެލެވޭ ގޮތުގައި އެޒުވާނާގެ ހެވެސް ނެތެވެ. އޭނާ މިހާރުވަނީ ފުވައްމުލައް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއީ މިސްކިތްމަގު އަވަށަށް ނިސްބަތްވާ ޒުވާނެކެވެ.
މިހާދިސާގައި އަނެއް ސައިކަލު ދުއްވީ ފުނާޑު އަވަށަށް ނިސްބަތްވާ މެދުއުމުރުގެ ފިރިހެނެކެވެ. އޭނާގެ ފައި މަޝައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިވާކަން އަދި އެގެން ނެތެވެ.
މިހާދަސާގައި އެކްސިޑެންޓްވި ދެސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިހާދިސާ ހިނގިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ފުވަމުލަކު ފުލުހުންގެ ފަރާތުން އެތަނުގައި ހަރަކާތްރިވާން ފަށާފައިވެއެވެ.
ޚިޔާލުތައް