A wide advertisement which will be shown on all devices. (700 x 100)

މިއަދަކީ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަސް – 5 އޮކްޓޯބަރު

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަސް ފުވައްމުލައް ސިޓީގައި ފާހަގަކުރުން 2022

މިއަދު، 5 އޮކްޓޯބަރަކީ ބައިނަލް އަގުވާމީ ގޮތުން ފަހަގަ ކުރާ ޓީޗަރުންގެ ދުވަހެވެ. އެގޮތުން ރާއްޖޭގައި ވެސް ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ މިއަދެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ތަފާތު އެހެން ދުވަސްތަކެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ސިޓީ ކައުންސިލުން ކޮންމެ ސްކޫލެއްގައި ކޭކުފެޅުން ބޭއްވި 2022ގައުމު އެދޭފަދަ ޖީލެއް ބިނާކުރަންނަ ރެޔާއިދުވާލި ވަރުބަލި ކަމެއްނެތި މަސައްކަތް ކުރާ އެންމެ މުހިންމު ބަޔަކީ މުދައްރިސުން ކަމަށް ބަޔާންކޮށް ފުވައްމުލައް ސިޓީ ކައުންސިލްން ވަނީ މުދައްރިސުންނަށް ޝުކުރު އަދާކޮށްފައެވެ.

ފުވައްމުލަކުގެ ސްކޫލްތަކުގައި ވެސް ޓީޗަރުންގެ ދުވަސް ކުލަ ގަދަކޮށް ފާހަގ ކުރުމަށް ތަފާތު ހަރަކާތްތައް ރާވާފައިވެއެވެ. އެގޮތުން ދަރިވަރުންނާއި ގުޅިގެން ހިންގާ ހަރަކާތްތަކާއި މުވައްޒަފުންގެ ހަރަކާތްތައް ހިނެއެވެ.

ޏއޭއީސީ މުދައ1ރިސުންގެ ވޯކްސްޓޭޝަން ހުޅުވުން – 2022މުދައްރިސުންގެ ދުވަސް ނުވަތަ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޏ.އޭއީސީއިން ވަނީ ސްޓާފް ރޫމްގައި ޓީޗަރުންނަށް މުޅިން އަލަށް ވަކި ޖަގަހަތަކެއް ނުވަތަ ކޮންމެ ޓީޗަރަކަށް ވަކި ވޯކްސްޓޭޝަނެއް ހަދައިދީފައެވެ. ކުރިގައި ޓީޗަރުންނަށް ވަކި ޖަގަހަތަކެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ. މި މަސައްކަތަކީ އެސްކޫލުގެ ކުރިގެ ފަރިވަރަކާއި އަބަދުވެސް އެސްކޫލަށް ހެޔޮއެދޭ ފަރާތެއްގެ އެހީގައި އެސްކޫލުގެ މެއިންޓަންންސް ޓީމުގެ މަސައްކަތުން ހަދާފައިވާ ވޯކްސްޓޭޝަންތަކެވެ. ސްޓާފްރޫމަށް މިގެނެވުނު ބަދަލާއިއެކު ސްޓާފްރޫމް ހުޅުވަިއދެއްވީ އެސްކޫލުގެ ފިޒިކްސް ޓީޗަރު އާއިޝަތު ނާސިރެވެ.

ޏ.އޭއީސީގައި…ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކުގައި ހިންގާ 7 ސްކޫލުގައި ދުވަހާއި ގޫޅޭ ޚާއްސަ ކޭކެއް ފެށުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެފްއެސް ގައި….

ޓީޗަރުންގެ ދުވަހަކީ ސްކޫލްތަކުގައި އަދި މުޅި ރަށުގައި ވެސް ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެވެމުން އަންނަ ދުވަހެކެވެ. ނަމަވެސް މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ދަރިވަރުންނާިއ ބެލެނިވެރިންގެ އަތުން ބޮޑެތި ހޭދަތަށް ކުރަން ނުޖެހޭ ގޮތަށް ދުވަސްތައް ފާހަގަކުރުމަށް އެޑިއުކޭޝން މިނިސްޓްރީއިން ވަނީ އެދިފައެވެ. ނަމަވެސް ޓީޗަރުން އަންނަނީ މިފަދަ މުނާސަބާތައް ފާހަގަ ކުރުމަސް އަމިއްލަ އަތުން ވެސް ބޮޑެތި ހޭދަތކެއް ކުރުމުން ނެވެ. އެގޮތުން މިފަދަ ކޮންމެ މުނާސަބަތަކަށް ގިނަ ޓީޗަރުންނާއި މުވައްޒަފުން އާހެދުންތައް ފަހާ ހަދައެވެ. އަދި ދުވަހުގެ ހަރަކާތްތަކަށް އަމިއްލަ އަތުން ޚަރަދުކޮށްގެންވެސް ކަންކަން އިންތިޒާމު ކުރަމުން އާދެއެވެ.

ހޭޒްގައި —

ހަމަ އެގޮތަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޖަމްއިއްޔާއިން ވެސް މިފަދަކަން ކަމަށް ކުރިއާލާ އެކިއެކި ހަރަކާތްތައް ހިންގައިގެން ފަނޑް ރެއިޒްކޮށް ތައްޔާރުވެއެވެ. ވުމާއެކު ސްކޫލްތަކުގައި ޓީޗަރުންނަށް މިދުވަހުން އުފާވެރިަކން ގެނެސްދީ ހިންތުންކޮށްލައެވެ.

އެމްޖޭއެސް ގއި…

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !