A wide advertisement which will be shown on all devices. (700 x 100)

އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމގެ ހަރަކާތްތައްމިއަދު ފެށޭނެ

ގްރައުންޑް ގޮލްފް މުބާޜާތް މިއަދު ހަވީރު ފަށާނެ- 2022

މިއަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް މިއަދު ފުވައްމުލައް ސިޓީގައި ފަށާނެއެވެ. އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިއަދު ފެށިގެންދާނީ އުމުރުން ދުވަސްވީ މީހުން ބަިއވެރިކޮށްގެން ކުރިޔަށް ގެންދާ “ގްރައުންޑް ގޮލްފް މުބާރާއް” ތެކެވެ.

މިމުބާރާތުގެ ކުޅުން މިއަދު ހަވީރު ފުވައްމުލަކު ކުރިކެޓް ސްޓޭޑިއަމްގައި ފަށާނެއެވެ. މިމުބާރާތުގެ ކުޅުން މިއަދު، 11 އޮކްޓޯބަރުން އިން 13 އޮކްޓޯބަރުގެ ނިޔަލަށް ފުވައްމުލަކު ކުރިކެޓް ސްޓޭޑިއަމްގައި ކުރިޔަށްގެންދާނެއެވެ.

މިމުބާރާތުގައި ކުޅޭނީ ފުވައްމުލަކުގެ 8 އަވަށަށް ނިސްބަތްވާ 8 ޓީމެވެ. ކޮންމެ އަވަށެއްގެ ގޮލްފް ޓީމުގައި ވެސް 65 އަހަރުން މަތީގެ މަދުވެގެން 1 ކުޅުންތެރިއަކު ހިމެނޭނީ ޖުމުލަ 5 ކުޅުންތެރިންނެވެ. ގޮލްފު ކުޅުމަކީ ފުވައްމުލަކުގައި އަދި މުޅިން އާކަމެކެވެ. މިީ އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހަިއ ބައިވެރިވެ ކުޅޭވޭ ކުޅިވަރެކެވެ. ނަމަވެސް މި ގޮލްފް މުބާރާތަކީ ރަސްމީކޮށް ކުޅޭ ގޮލްފް މުބާރާތާއި އެއްގޮތަށް ކުޅޭ މުބާރާތެއް ކަމަކަށް ނުބެލެވެއެވެ.

މިއަހަރު ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގައެއެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ 4 ދުވަހުގެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

އިސްރަށްވެހިންގެ ދުވަހުގެ ހަރަކާތްތައް 2022

މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ މޯލްޑިވްސް ޕެންޝަން އޮފީހާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ދިވެހި ފުލުހުންގެ ޚިދުމައްތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !