ގިނަބައެއްގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އާއިލީ ހަވީރު އިއްޔެ ނިންމާލައިފިއެވެ. މި ހަވީރުގެ ހަރަކާތްތައް އޮތީ ފުވައްމުލަކު ކޮމިއުނީޓީ ސެންޓަރު (ކުރީގެ ޔޫތު ސެންޓަރު) ގައެވެ.

އުމުރުން ދުވަސްވީ މީހުގެން ދުވަސް ފާހަގަކުރުމަށް ބޭއްވި އާއިލީ ހަވީރު
އާއިލީ ހަވީރުގައި އެކި އުމުރުގެ މީހުންނާއި ގުޅޭ ގިނަ ސްޓޯލްތަކެއް ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރޭގައި ހަދާފައި ހުއްޓެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން އެކަކު އަނެކަކާއި ބައްދަލުކޮށްލާނެ ތަންތަނާއި، ޚާއްސަ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސްޓޯލް ތަކައި ސްޓޭޖް ހަރަކާތްތައް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ބަތްޕޮޅިން ހަނޑޫ ވަކިކުރުން -އުމުރުން ދުވަސްވީ މީހުގެން ދުވަސް ފާހަގަކުރުމަށް ބޭއްވި އާއިލީ ހަވީރު 2022
ސްޓޭޖް ހަރަކާތްތަކުގައި ފެނިގެންދިޔައީ ފުވައްމުލައް ސިޓީ ސްކޫލްތަކުގެ ކުދިންގެ އެކިއެކި ހަރަކާތްތަކެވެ. ފުވައްމުލަކު ހޮސްޕިޓަލުން ހަދާފައިވާ ސްޓޯލްގައި ފުވައްމުލަކުގެ ކުރީގެ ބޭސްވެރިކަންތައް ދައްކުވައިދިމުމާއި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ލޭގެ ޕްރެޝަރު ބަލައިދިނުންފަދަ ކަންކައްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. މި ހަވީރުގައި އުމުރުން ދުވަސްވީ މީހުނަށް ދިމާވާ ނަފުސާނީ މައްސަލަތަކާއި، ޖިސްމާނީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި އެމީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެކި ދާއިރާތަކުން ފަންނީ މާހިރުން ތިބި ސްޓޯލްތައް ވެސް ހުއްޓެވެ.

ފުވައމްުލަކު ހޮސްޕިޓަލުގެ ސްޓޯލް؛ އުމުރުން ދުވަސްވީ މީހުގެން ދުވަސް ފާހަގަކުރުމަށް ބޭއްވި އާއިލީ ހަވީރު 2022
ކުޑަކުދިންގެ ކުޅިވަރު ސްޓޯލާއި ކުރީ ޒަމާނުގައި ފުވައްމުލަކުގައި ބޭނުންކުރި ގޭގައި ހިފާނެގެންގުޅޭ ސާމާނުތައް ދައްކުވާ ދޭ ސްޓޯލްތަކާއި، ކުރީގެ މަސައްކަތްތައް ދައްކުވައިދޭ ސްޓޯލާއި، އެކިބާވަތްތަކުގެ ކެއުންތަކުގެ ސްޓޯލްތަކާއި ހިމެނެއެވެ. ބައެއް ސްޓޯލަތަކުން ހަދިޔާ ދިނުމާއި ކާއެއްޗެހީގެ ރަހަ ބެލުން ވެސް ހަމަޖެހިފައި އޮތެވެ.

އާއިލި ހަވީރު- ކުރިގެ ސާމާނު 2022
އިއްޔެގެ ހަވީރު އެއިން ސްޓޯލަތަކަށް ޒިޔާރަތް ކުރުމަށްފަހު އުމުރުން ދުވަސްވީ މީހަކު ހާމަކުރި ގޮތުގައި ސްޓޯލުން ލިބުނު މައުލޫމާތާއި މެދު އޭނާ ވަރަށް ހިތް ހަމަޖެހެއެވެ. އޭނާއަށް ދިމާވާ ބައެއް ކަންކަމުގައި ކުރިން ވާނުވާނޭގި ހުއްޓާ އިއްޔެ އެސްޓޯލުން ގޮސްގެން ލިބުނު މައުލޫމާތާއި އެމީހުން ކިޔާދިން ކަންތަތްތަކުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.

އައިލީ ހަވީރުގެ ތެރެއިން ޖަޕާނުގެ ސަފީރު – ހުނިގާނަނީ
އިއްޔެ ހަވީރު، 3:45ގައި ފުރަތަމަ އޮތީ ތިން ޖީލުގެ (ތްރީ ޖެނެރޭޝަން)ގެ ހިނގާލުމެވެ. މިހިގާލުމުގައި ވެސް ގިނއަދަދެއްގެ މިހުން ބައިވެރިވެފައިވއެވެ. އެގޮތުން ކާފާ މާމައާއި މަންމަ ބައްޕަ، ދައްތަ ބޭބެ އަދި ކޮއްކޮމެންނާއި ދަރިން އަދި ވެސް ތިމަގެ މީހުން އެކި ޖީލުތަކުން ބައިވެރިވެފައި ވެއެވެ. މިހިނގާލުން ނިންމާލީ ކޮމިއުނިޓީ ސެންޓަރަށެވެ.

ތިން ޖީލުގެ ހިނގާލުން؛ އުމުރުން ދުވަސްވީ މީހުގެން ދުވަސް ފާހަގަކުރުމަށް ބޭއްވި އާއިލީ ހަވީރު 2022

ކުދަކުދިންގެ ކުޅިވަރު – ފުލުހުންގެ ސްޓޯލް
މިއަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ މިފަހަރު ފުވައްމުލައް ސިޓީގައި ފާހަގަކުރަނީ މޯލްޑިވްސް ޕެންޝަން އޮފީހާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ދިވެހި ފުލުހުންގެ ޚިދުމައްތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ. މި އޮކްޓޯބަރު މަހު 11-14 އަށް ކުރިޔަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ. މިދުވަސްތައް ފުވައްމުލަކުގެ މާހައުލު ފާހަގަވެގެން ދިޔައީ އީދެއްގެ ސިފާގައެވެ.

އާއިލީ ހަވީރު – ކުޑަކުދިންގެ ސްޓޭކް ހަރަކާތް 2022



ޚިޔާލުތައް