ދާނުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފުވައްމުލައް ސިޓީ އަންހެންުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ (އ.ތ.ކ) މެމްބަރުން އިއްޔެ ޒިޔާރަތްކޮށްފިއެވެ.
މިއީ ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމާއި ގުޅިގެން އެ ކޮމެޓީން ހިންގި ހަރަކާތެކެވެ. މިހަރަކާތުގައި އިސް ރަށްވެހީންގެ ގާތަށް ޒިޔާރަތްކޮށް ހަދިޔާ ދީ އެމީހުންނާއި އެކު ވާހަކަދެއްކުމަށް ވަގުތު ހޭދަކޮށްފައި ވެއެވެ.

ދާނުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އ.ތ.ކ އިން ޒިޔާރަތް ކުރުން 2022
މި ޒިޔާރަތުގައި އެކޮމެޓީގެ 5 މެމްބަރުން ބައިވެރިވެފައި ވެއެވެ. ފުވައްމުލައް ސިޓީ އ.ތ.ކ ގައި ހިމެނެނީ 8 މެމްބަރުންނެވެ. އެކޮމެޓީގެ މިދަރުގެ ރައީސަކީ ދިޔާނާ އެވެ. ނާއިބު ރައީސަކީ ނާފިއާއެވެ.
+1
+1



ޚިޔާލުތައް