ހުވަދުއަތޮޅު ދެކުނުބުރި (ގ.ދ) މަޑަވެލި ކައުންސިލުން ފުވައްމުލަކު ސިޓީ އަށް ތަޖުރިބާގެ ދަތުރުގެގައި ޒިޔާރަތް ކުރައްވަމުން އެބަގެންދަވައެވެ.
މިޒިޔާރަތުގެ ތެރެއިން މިއަދު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަކޮށްފައި ވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާކުރާ ކޮޓަރީގައި ބޭއްވުނު މިބައްދަލުވުމުގައި މޭޔަރު އިސްމާއީލު ރަފީގް އާއި ސިޓީ ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ. އަދި މަޑަވެލި ކައުންސިލްގެ ރައީސާ މެމްބަރުން ވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.

ގދ. މަޑަވެލި ކައުންސިލުން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރުން 2022
މި ދަތުރުގައި މަޑަވެލި ކައުންސިލްއިން ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައިފައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ގދ. މަދަވެއްޔަކީ ހުވަދުއަތޮޅު ދެކުނުބުރީ ހުޅަނގު ބިތުގައި އޮންނަ ކުޑަ ރަށެކެވެ. ރަށުގެ ރަޖިސްޓްރީ އާބާދީ އަކީ 2013 މީހުންނެވެ. ރަށުގެ ބޮޑު މިނަކީ 0.13 މޭލެވެ. ކުރީގެ ޕީޕީއެމް ސަރުކާރުގައި މަޑަވެއްޔާއި ކައިރީ އެއްފަޅެއްގައި އޮންނަ ހޯޑެއްދޫ ކޯޒްވޭ ފާލަމަކުން ގުޅާލިއެވެ. ނަމަވެސް އެދެރަށުގެ މީހުންގެ މެދުގައި އުފެދުނު ދެބަސްވުން ތަކުގެ ތެރޭގައި ފަހުން އެކޯޒްވޭ ފާލަން ބުރިކޮށްލައި އެއްރަށުން އަނެއް ރަށަށް ފާލަމުން ނުދެވޭ ގޮތަށް ހެދިއެވެ.
އެކަމަކު ދަށުން އޮއި ދަތުރުކުރާ ގޮތަށް އަލުން ފާލަމެއް އެޅުމުގެ މަސައްކަތް މިސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހޯޑެއްދުއަކީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީގެ ސަޕޯޓް ބޮޑު ރަށެއް ކަމަށް ވެއެވެ.

ގދ. މަޑަވެލި
+1
+1
ޚިޔާލުތައް