A wide advertisement which will be shown on all devices. (700 x 100)

އެޗްޑީސީ ފުވައްމުލައް ސިޓީ ކޯލް ސެންޓަރުގެ ވަޒީފާ ފުރުސަތު ހުޅުވަފައި

އެޗްޑީސީ ފުވައްމުލައ ސިޓީ ކޯލް ސެންޓަރުގެ ވަޒީފާ 2022 އޮކްޓޯބަރު

އެޗްޑީސީ ފުވައްމުލައް ސިޓީ ކޯލް ސެންޓަރުގެ ވަޒީފާ ފުރުސަތު ހުޅުވަފައިއެވެ. މިކަމަށް ޚާއްސަކޮށްގެން ބާއްވާ “އޯޕަން ޑޭ” އެއް އަންނަ ހޯމަ، 24 އޮކްޓޯބަރު 2022 ވަނަ ދުވަހު ބޭއްވުމަށް ވަނީ  އާއްމުކޮށް އިއުލާންކޮށްފައެވެ.

މި އޯނަޑޭ އޮންނާނީ ފުވައްމުލައ ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ހެންދުނު 9:30 އިން މެމްދުރުފަހު 2:00 އަށެވެ.

ފުވައްމުލައް ސިޓީ ގައި އެޗްޑީސީ ކޯލް ސެންޓާ ހުޅުވުން – 2021 އޭޕްރީލް 1

މި އޯޕަންޑޭގައި ވަޒީފާގެ ފުރުސަތު ހުޅުވާލާއިވަނީ

ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ޖުމުލަ ލިބޭނެ ވަރު: 21،500 ރުފިޔާ

ކޯލް ސެންޓާ ރިޕްރެޒެންޓޭޓިވް، ޖުމުލަ ލިބޭނެ ވަރު: 8،000 ރުފިޔާ އެވެ.

މިއޯޕަން ޑޭ އަށް ގޮސްގެން ވަޒީފާގެ އެޕްލިކޭޝަން ވަގުތުން ހުށެހެޅުމާއި އިންޓަވިއު ކުރުން ކުރިޔަށް ގެންދާނެ ކަމަށް ވެއެވެ. އެގޮތުން ހުށަހަޅާއިރު އައިޑީކާޑު ކޮޕީއާއި އެމީހެއްގެ ސީވީ ނުވަތަ އެ މީހާކާއި ގުޅޭގޮތުން މުހިންމު މައުލޫމާތުގެ ވަނަވަރު ހިމެނޭ ލިޔުމާއި، ތައުލީމީ ސެޓްފިކެޓް އަދި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް ހުށަހަޅަން އެދިފައި ވެއެވެ.

1 އޭޕްރީލް 2021ގައި ހުޅުވި ފުވައްމުލައް ސިޓީ – އެޗްޑީސީ ކޯލް ސެންޓަރު

އެޗްޑީސީގެ ފުވައްމުލައް ސިޓީ ކޯލް ސެންޓަރު ހުޅުވާފައި ވަނީ 2021 ވަނަ އަހަރު އޭޕްރީލް މަހު 1 ވަނަ ދުވަހު އެވެ.

މިސެންޓަރަކީ އެޗްޑީސީގެ ‘ގޯ ބިޔޯންޑް ހުޅުމާލެ” އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީއިން ހާމަކޮށްފައި ވެއެވެ. އެޗްޑީސީގެ އެކިއެކި ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ޚިދުމަތް ދިނުމަށް އެކުންފުނީން ވަނީ ފަށާފައެވެ. ފުވައްމުލައް ސިޓީގެ ކޯލް ސެންޓަރަކީ އެގޮތުން ހުޅުމާލެއިން ބޭރުގައި ހުޅުުވާ ފުރަތަމަ ސެންޓަރެވެ.

ފުވައްމުލައް ސިޓީއަކީ އެފަދަ ޚިދުމަތްތައް ގާއިމުކުރުމުގައި ޕޮޓެންޝަލް އޮތް ރަށެއް ކަމަށް އެޗްޑީސީގެ އެމްޑީ ޝުހައިލު ވިދާޅުވެފައި ވެއެވެ. އަދި އެެކޯޕަރޭޝަންގެ މަޝްރޫއޫތައް ހިންގުމުގައި ބައިވެރިއެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ހިމެނިގެންދާނެ ކަމަށާއި ކުރިޔަށް އޮތްތަނުގައި އިތުރު ޕޮސިބިލިޓީސްތަކަށް ބައްލަވަމުން ގެންދާވާނެ ކަމަށް ކޮލް ސްންތަރު ހުޅުވި ރަސްމިއްޔާތުގައި އެމްޑީ ވިދާޅުވެފައި ވެއެވެ.

އެޗްޑީސީއާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު އެމްއޯޔޫއެއްގައި ސޮއިކުުން – ވާޗުއަލް ކޮށް – 11 އޮކްޓޯބަރު 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !