A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ފުލުހުންގެ އައު ސިޓީ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަސީހު

ފުލުހުންގެ ފުވަައްމުލައް ސިޓީ ކޮމާންޑަރު ތައާރަފުވުމުގެ ބައްދަލުވުމުގައި 2022

ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރު ކަމާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފަސީހު ހަވާލުވެ ވަޑައިގެންފިއެވެ.

ފުވައްމުލައް ސިޓީ ޕޮލިސް އާއި އަލަށް ޙަވާލުވެވަޑައިގެން ސިޓީ ކޮމާންޑަރު މުހައްމަދު ފަސީހު ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މިއަދު ބައްދަލުކުރައްވާފައެވެ. މިއީ ސިޓީ ކޮމާންޑަރު ތައާރަފުވުމުގެ ބައްދަލުވުމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިބައްދަލުކުރެއްވުމުގައި ފުލުހުންގެ އިސް މީހުންނާއި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލު ރަފީގު އާއި ސިޓީ ކައުންސިލް މެމްބަރުން ނާއި ސިޓީ ކައުންސިލް އިދާރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންއި ވެއެވެ.

ފުލުހުންގެ ފުވަައްމުލައް ސިޓީ ކޮމާންޑަރު ތައާރަފުވުމުގެ ބައްދަލުވުމުގައި 2022

ފާއިތުވި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރު ކަަން ކުރައްވާފައިވަނީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ރިޟްވާން ޝަރީފް އެވެ.

އެއިގެ ކުރިން، 2020 ވަނަ އަހަރު ފުވައްމުލައް ސިޓީ ކޮމާންޑަރަކަށް ހުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މައުރޫފު އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން ކޮމިއުނީޓީ ފުލުހުންނާއި ސަރަހައްދީ ފުލުހުން ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުުން ކޮންމެ ސިޓީއެއްގައި ސިޓީ ފުލުހުން ހަރަތްތެރިވާ ގޮތަށްވަނީ ހަމަޖައްސާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !