A wide advertisement which will be shown on all devices. (700 x 100)

އައު އަހަރަށް ތައްޔާރުވުމުގެ ބައްދަލުވުމެއް ފުވައްމުލަކު ހޮސްޕިޓަލުން ބާއްވައިފި

ފުވައްމުލަކު ހޮސްޕިޓަލުން މިމެށުނު 2023ގައި ކުރަން ހުރި މުހިންމު ކަންކަމުގެ ބައްދަލުވުން 2022

މި ފެށުނު މީލާދީ އައު އަހަރަށް ތައްޔާރުވުމުގެ ބައްދަލުވުމެއް ފުވައްމުލަކު ހޮސްޕިޓަލުން ބާއްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައި ވަނީ ފުވައްމުލައްކު ހޮސްޕިޓަލުގައި ނިމުނު ޑިސެމްބަރު މަހު 29 ވަނަ ދުވަހުއެވެ.

މިބައްދަލުވުމަކީ ނިމިގެންދިޔަ 2022 ވަނަ އަހަރު އެހޮސްޕިޓަލުން ކުރިޔަށްގެންދިޔަ މުހިއްމު ކަންތައްތަކާއި އަދި މިފެށުނު 2023 ވަނަ އަހަރަށް ކުރުމަށް އެ ހޮސްޕިޓަލުން ރާވާފައިވާ ކަންތައްތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަޑިތައް މުވައްޒަފުންނާއި ހިއްސާ ކުރުމަށް މުވައްޒަފުންނާ އެކު ބޭއްވުނު ބައްދަލުވުމެއް ކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިމެށުނު 2023ގައި ކުރަން ހުރި މުހިންމު ކަންކަމުގެ ބައްދަލުވުން 2022

ނަމަވެސް މިފެށުނު 2023 ވަނަ އހަރު އެހޮސްޕިޓަލުން ކުރުމަށް ކަނޑައަޅާއިވާ ކަންކަތައްތަކުގެ ތެރޭގައި:

ސީޓީ ސްކޭން މެޝިން ބެއްޓުން

މިހާރު ހުރި އިމަޖެންސީ ކޮތަރީގެ ޖާގަ ބޮޑުކުރުމާއި އެތަނުގަިއ އޭސީ ހަރުކުރުން

ހޮސްޕިޓަލުގެ ވޯޑްތައް އޭސީ ކުރުން

ކުދަކުދިންގެ ވޯޑް މަރާމާތު ކުރުން

ލޯންޑްރިގައި އިންޑަސްޓްރިއަލް މެޝިން ބެހެއްޓުން

ރިސެޕްޝަނުގަ ބެކް-އޮފީސް ގާއިމުކުރުން ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !