ފުވައްމުލައް ސިޓީގައި ކުލީކާރު ނުވަތަ ޓެކްސީގެ ޚިދުމަތް ދޭ ފާރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ސިޓީ ކަައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލައް ސިޓީގައި ޓެކްސީގެ ޚިދުމަތް ދޭ ފާރާތްތަކުގެ މައުލޫމާތު އެއްކުރަނީ ކުރިޔަށް އޮތް ފެބްރުއަރީ މަގުފައި ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތާއި ގުޅިގެން ރަށަށް ޒިޔާރާތް ކުރާ މެހުމާނުންނަށް އެމައުލޫޟާތު ހިއްސާކުރުމުގެ ބޭނުމުގައެވެ.
އެގޮތުން ފުވައްމުލަައް ސިޓީގައި ޓެކްސީގެ ޚިދުމަތް ދޭ ފާރާތްތަކުން ކަނޑައޅާފައިވާ އޮންލައިން ފޯމް މެދުވެރިކޮށް އެޚިދުމަތަކާއި ގުޅޭ މައުލޫމާތު ސިޓީ ކައުންސިލަށް ފޮނުވައި ދިނުމަށް އެދިފައި ވެއެވެ.
ސިޓީ ކައުންސިލުން ކަނޑައާޅފަިވާ ފޯމުގައި ހިމެނެނީ ވަރަށް އާދައިގެ މަދު މައުލޫމާތެކެވެ. އެއީ ޓެކްސީ ދުއްވާ މީހާގެ ނަމާއި، ގުޅޭނެ ނަމަބރާއި، ޓެކްސީގެ ބާވަތް، ކާރު، ވޭން ނުވާތަ ޕިކަޕް އެވެ.
ފުވައްމުލައް ސިޓީ ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުގެ މައުލުމާތު ފޯރުކޮށްދޭ ފޯމްގެ ލިންކް
މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލައް ސިޓީއިން މިހާރު ވެސް ދުވަހު ކުށަޔަށާއި ދަތުރަށް އުޅަނދުތައް ކުށްޔަށް ދެއެވެ.
ބައިސިކަލް – ގަޑިއަކަށް 20 ރުފިޔާ
މޯޓޯ ސައިކަލް – ދުވާލަކަށް 200-300 ރުފިޔާ
ކާރު/ޕިކަޕު – ދުވާލަކަށް 2500-3000 ރުފިޔާ
ކާރު ދަތުރެއް(އެއާޕޯޓް) – ދަޑިމަގު ދިގުވާޑަށް 70 ރުފިޔާ
ކާރު ދަތުރެއް(އެއާޕޯޓް) – ހޯދަޑު މާދަޑު، މާލެގަން 60 ރުފިޔާ
ކާރު ދަތުރެއް(އެއާޕޯޓް) – އެހެން އަވަށްތަކަށް 50 ރުފިޔާ
ކާރު ދަތުރެއް(ރަށުތެރެ) – އެއްއަވަށުން އަނެއެއް އަވަށް 40-50 ރުފިޔާ
މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލައް ސިޓީގައި ކުށްޔަށްދޭ ގޭގެއާއި ކޮޓަރިތަކުގެ މައުލޫމާތުގެ އިތުރުން ވިޔަފާރީގެ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ވެސް ސިޓީ ކައުންސިލުން އެއްކުރުމަށް ފޯމުން ހުޅުވާލިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލަށް ވިޔަފާރީގެ މައުލުމާތު ފޯރުކޮށްދޭ ފޯމްގެ ލިންކް
ފުވައްމުލައް ސިޓީގައިދެމުންދާ މިފަދަ ޚިދުމަތްތަކުގެ މައުލޫމާތު ބޭނުންވާ ކޮންމެ މީހަކަށް ވެސް ފަސޭހައިއިން ބަލާލެވޭގޮތަށް ސިޓީ ކައުންސިލުގެ ވެބްސައިޓްގައި ނަމަވެސް ހުރުމަކީ އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތަކުެގ އަގު ވަޒަންކުރެވި މައުލޫމާތު އާއްމުންނަށް ފަސޭހައިން ލިބިގެން ދާނެ ކަމެކެވެ. އަދި އެ ކިދުމަތަކާއި މެދު އާއްމުންގެ އިތުބާރު ވެސް އުފެދިގެން ދާނެ ކަމެކެވެ.



ޚިޔާލުތައް