ފުވައްމުލަކު ‘އަމާން ވެށީ’ ގެ ކުދިންނަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ރޯދަ ވިއްލުމެއް ދީފިއެވެ.
މި ރޯދަވިއްލުން އޮތީ ފުވައްމުލަކު ތޫނޑުގެ ހުދު ދޮންވެލިގަނޑު މަތީގައެެވެ. މިރޯދަ ވީއްލުމުގެ ކުރިން ކުދިންނާއި އެކު މޭޔަރު އިސްމާއީލު ރަފީގު އާއި ސިޓީ ކައުންސިލްގެ އިސް ފަރާތްތަކުން ކުޅެލާ މަޖާކޮށްލުމަށް ވަގުތު ހޭދަކޮށްފައި ވެއެވެ.

އަމާން ވެށީގެ ކުދިންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ދިން ރޯދަ ވީއްލުން 2023
އެގޮތުން ދިވެހިން ރޯދަމަހު ކުޅޭ ބައެއް ކުޅިވަރުތައް ކަމަށްވާ ކެރެމްބޯޑު ކުޅުމާއި، ‘އޮށްވަޅު ގޮޑި’ ހިލުމާއި، ބޯދުގޭމް މަނާ ކުޅުމާއި، ކުރެހުމާއި ކުލަޖެއްސުން ފަދަ ބައެއް ކުޅިވަރުތައް ހިމެނެއެވެ. މިރޯދަ ވިއްލުމުގައި ބައިވެރިވި މީހުންނާއި ކުދިން ވަނީ އަމާން ވެށީގެ ކުދިންނާއިއެކު މިކުޅިވަރުތައް ކުޅެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެއެވެ.

އަމާން ވެށީގެ ކުދިންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ދިން ރޯދަ ވީއްލުން 2023
އަމާންވެށި ފުވައްމުލަކު ގޮފީގައި މިހާރު 14 ކުދިން އެބަތިބި ކަމަށް މައުލުމާތު ލިބެއެވެ. މީގެ ކުރިން 19 ކުދިންވެސް ތިބެފައިވއެވެ. ނަމަވެސް ދިމާވާ އެކުއެކި ސަބަބުތަކާއި ހުރެ ބައެއް ކުދިން އެކި ދިމަދިމާލަށް ބަދަލުކުރުމާއި އާއިލާގެ ފަރާތުން ބައެއް ކުދިން އަނބުރާ ހޯދުން ފަދަ ކަންތައްތަކުން އަމާން ވެށީގައި އަބަދު ކުދިން ތިބެނީ އެއް އަދަދަކަށް ނޫންކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

އަމާން ވެށީގެ ކުދިންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ދިން ރޯދަ ވީއްލުން 2023. އޮއްވަޅު ހިލުން
ޖެންޑާ މިނިސްޓްރީއިން އެދިވަޑައިގެންފައިވާ ފަދައިން ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ފުވައްމުލަކުގެ އަމާންވެއްޓަށް ތަފާތު އެކިކަންކަމުގައި އެއްބާރުލުން ދެމުންނެވެ. އަމާން ވެށިގައި ތިބޭ ކުދިން ރަށުގެ މުޖުތަމިއު އާއި އެކު ރަންގަޅު ގުޅުމެއް ބެއްވުމުގެ ގޮތުން ރަށުަގއި ހިންގާ ތަފާތު ހަރަކާތްަކުގައި އެކުދިންވެސް އަންނަނީ ބައިވެރި ކުރަމުންނެވެ. ސިޓީ ކައުންސިލުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ފުވައްމުލަކުގެ އަމާންވެއްޓަށް ލިބެމުންދާ އެއްބާރުލުމަށް ޖެންޑާ މިނިސްޓަރު ކުރިން ފާހަގަ ކުރައްވާފައި ވެއެވެ.

އަމާން ވެށީގެ ކުދިންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ދިން ރޯދަ ވީއްލުން 2023
ޚިޔާލުތައް