ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ފުވައްމުލަކު އަބުލެ ފަންނާއި ދިމާއިން 50 ޑައިވަރުން ޑައިވުކޮށްފިއެވެ. މިހަރަކާތުގެތެރޭގައި ޑައިވިން އިތުރުން ސްނޯކްލިން އާއި މޫދު ކުޅިވަރު ހަރަކާތްތައްވެސް ބާއްވައިފަވެއެވެ. އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްޑީޕީއަށް ސަޕޯރޓް ކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
ޑައިވިންގެ އިތުރުން، ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޕެޓީޝަނުގައި ސޮއިކޮށްފައިވާ ފޯމުތައް އެމްޑީޕީގެ ޒުވާނުން ހިއްވަރުގެ ރައީސް މުހައްމަދު އަޒުމީން (އަޒޫ) އާ ހަވާލު ކުރުންވެސް އޮތެވެ. މި ޕެޓިޝަނުގައި 2000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ.
+1
+1
ޚިޔާލުތައް