ފުވައްމުލައް ސިޓީ ކައުންސިލް އިމާރާތްތަކަށް “އެއްކަމު ޕްލާސްޓިކް” ވެއްދުން މަނާކޮށްފިއެވެ. އެއްކަމު ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާއްވައްތައް ފުވައްމުލައް ސިޓީ ކައުންސިލްގެ އިމާރާތްތަކަށް ވެއްދުން މަނާކޮށްފައި ވަނީ އަންނަ ޖުލައި މަހު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ގޮތަށެވެ.
މިކަމާއި ގުޅިގެން މިއަދު ފުވައްމުލައް ސިޓީ ކައުންސިލުން މީޑިއާތަކަށް ފޮނުވި ބަޔާނުގައި ވާގޮތުން އެ ކައުންސިލްގެ މި ފިޔަވަޅަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅި ފިޔަވަޅެކެވެ.
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ އިތުރުން މި ފިޔަވަޅު ތަންފީޒުކުރުމަށް ނިންމާފައި ވަނީ ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އާއި ފުވައްމުލަކު ނެޗާ ޕާކްގައެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ހިންގާ ހަރާކާތްތަކުގައި އެއްކަމު ޕްލާސްޓިގެ ބޭނުން ކުރާ މިންވަރު މަދުކުރުމަށް ވެސް ނިންމާފައި ވެއެވެ.
ފުވައްމުލަކު ނޭޗާޕާކަށް 1 ޖުލައި 2023 އިން ފެށިގެން ވެއްދުން މަނާކޮށްފައިވާ ތަކެތީގެ ގޮތުގަިއ ކަނޑައަޅާފައިވަނީ:
ޕްލާސްޓިކް ކޮތަލު،
ޕްލާސްޓިކް ތަށި
ޕްލާސްޓިކް ސަމުސާ އުފަދަ ތަކެތި
ފުޅިމަދު ތަށި- ސްޓައިރަފޯމް ތަށި
ފެންފުޅި (05 ލީރަށްވުރެ ކުދި)
މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓިަގއި ވަނީ ބައިސިލަކު ބޔުރެއް ބާއްވާފައެވެ.
މީގެ އިތުރުން ޕްލާސްޓިކް އިނޮވޭޝަން ޗެލެންޖްގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ފައިސާގެ އެހީލިބިގެން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް 4 މަޝްރޫއެއް އިފްތިތާހު ކޮށްފައި ވެއެވެ.
ޚިޔާލުތައް