A wide advertisement which will be shown on all devices. (700 x 100)

ބައެއް ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ: މެޓް އޮފީސް

މިއަދުވެސް ރާޢްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، މެޓުން ލަފާކޮށްފިއެވެ.

އެގޮތުން މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވެއެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާޢްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށާއި، އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަލކަށް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ލަފާކުރާއިރު، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ހުންނާނެ ކަމަށް ވަނީ ލަފާކޮސްފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަސް ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މެޓުން ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއްރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !