ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދެވުނު ދިވެހި އުފެއްދުންތެރި ކަމުގެ މަރުކަޒުގައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފުވައްމުލަކު ސިޓީ، ހަސަން އަތީގުގެ ބާބާ ގާޑިޔާއިން، 20،000 ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފިއެވެ.
ރޭ ބާބާ ގާޑިޔާގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރޭގެ ޓާގެޓް ހާސިލްވެ، ރޭގެ ސޭލްސްގެ 5 އިންސައްތަ އިންޓަނޭޝަނަލް އެއިޑް ޓީމާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ 20،000 ރުފިޔާ ކަމަށްވެސް ވަނީ އެ ޕޯސްޓްގައި ހާމަކޮށްފައެވެ.
ބާބާ ގާޑިޔާއިން ފަލަސްތީނަށް 20،000 ރުފިޔާ ހަދިޔާ ކުރުމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު ޖަމިއްޔާއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ބާބާ ގާޑިއާއިން ވަނީ އެކްސްޕޯގައި މުޅި ޖުމްލަ 1.28 މަލިއަނެއްހާ އާމްދަނީ ހޯދާފައެވެ. މިއީ މި މައުރަޒުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ވިޔަފާރިއެވެ. ބީސީސީއިން ވެސް ބުނެފައި ވަނީ މި މައުރަޒުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއްތަނަކީ ބާބާ ގާޑިޔާ ކަމަށެވެ.
އަތީގު ބުނީ ގާޑިޔާ ހިންގައި، އެވިޔަފާރި އިތުރު ހަރުފަތަކަށް ގެންދަން އޭނާއަށް ހިތްވަރު ލިބިފައިވަނީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަށް ސިޓީއަށް ވަޑައިގެން، އެ ގަޑިޔާއަށް ޒިޔާރަތް ކުރެއްވި ފަހުންކަމަށެވެ.
އަތީޤް އަމަލީ ގޮތުން މި މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން އޭނާ މަސައްކަތްކުރަމުން ދިޔަ ބަންދު ކުރުމުން ރަށަށް ގޮސް އާމްދަނީ ހޯދުމަށެވެ.
މިފަހަރުގެ ދިވެހި އުފެއްދުންތެރި ކަމުގެ މައުރަޒުގައި ބައިވެރިވުމަކީ ބާބާ ގާޑިޔަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އަތީޤު ދެކެއެވެ. މައުރަޒު ފެށުނީއްސުރެން ގިނަ އަދަދެއްގެ މީހުން ވަނީ އެ ގާޑިޔާ ދޮށަށް އެއްވެ، ކިއުގައި ވަރަށް ގިނަ އިރު ހޭދަކޮށްފައިވެއެވެ.



ޚިޔާލުތައް