A wide advertisement which will be shown on all devices. (700 x 100)

މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނު މައްސަލައިގައި ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވާ މައްސަލައިގައި ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދުގެ މެންދުރުގެ ވަގުތެއްގައި ސްޓެލްކޯ އިން ދެމުންދާ ކަރަންޓުގެ ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކެނޑުނެވެ. މާލެއަކީ ދިވެހިރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅޭ ވަޒަނަށް ވެފައި، މިއަދު އާންމު ދިރިއުޅުމުގެ އެންމެހައި ޚިދުމަތެއް ކަރަންޓާ ގުޅިފައި ހުރިއިރު، ކުރިން އެންގުމެއް ނެތި، މުޅި ސަރަހައްދުން ކަރަންޓު ކެނޑުމަކީ ނުހަނު ކަންބޮޑުވުން ހުރި ކަމެއްކަމަށް ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.

ހޮސްޕިޓާތަކާއި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކާއި ވިޔަފާރިތައް މުޅިން ހުއްޓުމަކަށް އަންނާން ޖެހިފައިވާ ނުރައްކާތެރި ކަމެއްކަމަށާއި ސީދާގޮތުންނާއި ނުސީދާގޮތުން އެތައް މިލިޔަނެއްގެ ގެއްލުން އާންމުންނާއި ދިވެހި ދައުލަތުން ބޮލު އަޅާންޖެހޭނެ، މިފަދަ ޒަމާނެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އެ ތަހުގީގު ހަގީގީ މާނާގައި ފުރިހަމަގޮތުގައި ކުރައްވައި، ބޮނޑުނަގުލަށްނުވެ ކޮޅަކު ޖެހޭނޭ ގޮތަށް ކުރައްވާނޭކަމަށް އުއްމީދު ކުރާކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާން ފިޔަވަޅު އެޅުމަށާއި، ރަށްވެހިކަމުގެ އަސާސީ ހިދުމަތްތައް ޒިންމާދާރުކަމާއި، ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް، ފުލުހުންނާއި، ޔުޓިލީޓީ ކުންފުނިތަކާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، ސަރުކާރާއި، އެހެނިހެން ސްޓޭކްހޯލްޑަރުންނަށް އެ ޕާޓިން ވަނީ ގޮވާލާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !