A wide advertisement which will be shown on all devices. (700 x 100)

ދެ ގައުމަކަށް އައްޔަނުކޮށްފައިވާ ނޮން ރެޒިޑެންޓް ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައިއައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އަޔަލެންޑްގެ ނޮން ރެޒިޓެންޑް ސަފީރަކަށް ކަނޑައެޅުމަށް ވަނީ ރުހުން ދީފައެވެ. އިރުތިޝާމް އެ މަގާމަށް އައްޔަންކުރުން ފެންނަ ކަމަށް 66 މެންބަރުން ވޯޓުދެއްވިއިރު ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.

ރާއްޖެއިން ބެލްޖިއަމްއަށާއީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރޭންގެ ނޮން ރެޒިޓެންޑް ސަފީރަކަށް އައްޔަކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ 66 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރު ވޯޓެއް ނުދެއްވައެވެ.

ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. 2015 ވަނަ އަހަރު ފޮރިން ސާވިސްގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށްފަހު އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ މިނިސްޓަރުކަމާއި، ޗާޖް ޑި އެފެއާޒްގެ މަގާމު އަަދާކުރައްވާފަ އެވެ. އޭނާ ވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓާ ކައުންސެލާގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

ސަފީރު އިރުތިޝާމް އާދަމް ވަނީ ޑިޕްލަމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. އެކަމަނާވަނީ ޖަރުމަނާއި، އިޓަލީ، ތުރުކީ އަދި ސުވިސަލޭންޑްގެ އެމްބެސިޑަރުކަން ކުރައްވާފައެވެ. އަދި އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގައި 2013 ވަނަ ވަނަ އަހަރު ނައިބު ރައީސްކަން ވެސް ވަނީ ކުރައްވާފައެވެ.

އަދި 2014 ވަނަ އަހަރުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވެއެވެ. 2015- 2016 އަށް ހެލްތް މިނިސްޓަރުކަން އަދި 2018- 2016 އަށް ޔޫތް މިނިސްޓަރުކަން ވެސް އިރުތިޝާން ވަނީ އަދާކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !