A wide advertisement which will be shown on all devices. (700 x 100)

ރައީސް ނަޝީދު އެމްޑީޕީއަށް ސޮއިކުރާ ހަފުލާ ސަލްޓަން ޕާކުގައި ބާއްވަން ހަމަޖައްސައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީއަށް ސޮއިކުރާ ހަފްލާ ބޭއްވުމަށް ސަލްޓަން ޕާކު ހަމަޖައްސައިދީފިއެވެ.

މި ގޮތަށް ސަރުކާރުން ހަމަޖައްސާފައިވަނީ އެމްޑީޕީން އެދިގެން އަލުން ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި ގުޅުމަށް ބޭއްވޭ ބޮޑުޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ސަލްޓަން ޕާކް އެމްޑީޕީގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ރައީސް، މުހައްމަދު ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމަށް ހަފުލާއެއް ބާއްވާނެ ތަނެއް ހޯދުމަށް އެމްޑީޕީން ސަރުކާރުގައި އެދިފަވަނިކޮށެވެ.  އަދި އެ އެ ޖަލްސާ ބާއްވާނެ ތަނެއް ނުދައްކައިފިނަމަ މުލީއާގޭ ކަންމަތީގައި ޖަލްސާ ބާއްވާނެ ކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށެވެ.

އަދި ސަލްޓަންޕާކު އެމްޑީޕީގެ ބޭނުމަކަށް މިހާރު ދީފައިވާއިރު، ސަލްޓަންޕާކާއި ގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އެކަމަށް ރައްދުދީ ކޮންސްޓްރެކްޝަން މިނިސްޓަރު އަބްދުއްﷲ މުއްތަލިބް ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް އެއްވެސް ބަޔަކަށް ދީފައިނުވާނެ ކަމަށެއެވެ.

އަދި ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައިވެސް ނުވާނެ ކަމަށާއި، ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފަވާ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !