A wide advertisement which will be shown on all devices. (700 x 100)

ވިނަރެސް އެޕާޓްމަންޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 ހާ އިރުއެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ އެޕާޓްމަންޓަށް ވަދެ، ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އަލިފާން ރޯވީ، ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓުގައެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއްގައި ރޯވެ ހިނގި މި ހާދިސާގައި، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، އެޕާޓްމަންޓަށް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ބަލަމުންނެވެ.

ރޯވި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފައެވެ.

އެގޮތުން އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !