A wide advertisement which will be shown on all devices. (700 x 100)

ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ސެންޓަރ ހުޅުވައިފި

ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ސެންޓަރ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.

މިއީ ރާއްޖޭގައި އާންމުކޮށް ފެންނަ ހައިޕަރޓެންޝަން، އޮބެސިޓީ، ޑައިބެޓީސް، ޕީސީއޯއެސް އަދި ޑިސްލިޕިޑެމިއާ ފަދަ މެޓަބޮލިކް ޑިސްއޯޑަރސް އަށް ޚިދުމަތް ދިނުމަށް ޚާއްސަ ލެބޯޓްރީ އާއި ޑައިގްނޯސްޓިކް އިކުއިޕްމަންޓްތަކާއެކު ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ.

މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންޓިނިއުއަސް ގްލޫކޯޒް މޮނިޓަރސް ސިސްޓަމްސް (ސީޖީއެމްއެސް) ތައާރަފް ކުރެވުނެވެ. މިއީ ލޭގައި ހަކުރު ހުންނަ މިންވަރު ރިއަލް ޓައިމްގައި މޮނިޓަރކޮށް، ފަރުވާތަކުގައި ރަނގަޅު ބޭހާއި ޑޯޒްތައް ފޯރުކޮށްދިނުމުގައި ޑޮކްޓަރުންނަށް އެހީތެރިވެދޭ އެންމެފަހުގެ ޕްރޮޑަކްޓެވެ.

މި ރަސްމިއްޔާތުގައި އެންޑޮކްރިނޮލޮޖިސްޓް ޑރ.މުހައްމަދު ވިޝާމް “ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ޕޭޝަންޓް އެޑިއުކޭޝަން ގައިޑް” ވަނީ ތައާރަފްކޮށްފައެވެ. މި ފޮތަކީ ރާއްޖޭގައި އާންމު މެޓަބޮލިކް ޑިސްއޯޑާސް އާއި ބެހޭ ގޮތުން އާބާދީ އަމިއްލައަށް ތައުލީމު ދިނުމަށް އަމާޒުކޮށްގެން ލިޔެފައިވާ ޕޭޝަންޓް އެޑިއުކޭޝަންގެ ދެވަނަ ފޮތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !