A wide advertisement which will be shown on all devices. (700 x 100)

އާ ހޮސްޕިޓަލް އިމާރާތް ކުރަން ވިލިމާލެ ހޮސްޕިޓަލް އަމާންހިޔާއަށް ބަދަލުކުރަނީ

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގުމަށް، ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތް ހެލްތު މިނިސްޓްރީން މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޙަލީމް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

އަމާން ހިޔާގެ އިމާރާތާއި ބިމަކީ މީގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްގެ ދަށުގައިވާ ތަނެކެވެ. ނަމަވެސް ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގަމުންދާ ބިމުގައި އެ ހޮސްޕިޓަލްގެ އާ އިމާރާތް ތަރައްޤީކުރުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލް ތަޅާލައި އެހޮސްޕިޓަލްގެ ޚިދުމަތް ވަގުތީގޮތުން “އާމާންހިޔާ”އިމާރާތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ވަނީ މިނިސްޓްރީ އޮފް ހެލްތަށް މި އިމާރާތާއި ބިން 03 އަހަރު ދުވަހަށް ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އާއެކު މިނިސްޓްރީ އޮފް ހެލްތުން އިއްޔެ ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !