A wide advertisement which will be shown on all devices. (700 x 100)

ލަފާކުރެވެނީ އައްޑޫ ކެތްލެބްގެ ޚިދުމަތް ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް: ހެލްތް މިނިސްޓަރ

އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލުގެ (އޭއީއެޗް) ކެތު ލެބްގެ ހިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

އަޒާން ވަނީ ކެތް ލެތްގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ އާއި އެ ކެތް ލެބްގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ކެތް ލެބް ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މެޝިނަރީތައް އިންސްޓޯލް ކުރުމާއި ގުޅުން ހުރި މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ކެތް ލެބް ފުރިހަމަ ގޮތުގައި ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާން ކުރެވިފައިވާ ކަމަށާއި ޝައުގުވެރިވާ ފަރާތުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދާ، އެ ފަރާތަކާއި ކެތް ލެބް ހިންގުމުގެ ކަންކަން ހަވާލުކޮށް 4 މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފެށޭނެކަމަށް ލަފާ ކުރެއްވޭކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލުގެ (އޭއީއެޗް) ކެތު ލެބް ޕްރައިވެޓް ސެކްޓަރާއި ހަވާލުކޮށްގެން ހިންގުމަށް ފިނޭންސް މިނިސްޓްރީން މީގެ އެއްހަފްތާ ކުރިން އިއުލާން ކުރިއެވެ.

ކެތް ލެބް (ކެތިޓަރައިޒޭޝަން ލެބޮރަޓަރީ) އަކީ ހިތާއި ލޭހޮޅިތަކުގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަކުރެވިފައިވާ ވަސީލަތެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ޑައި އެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅިތަކުގައި ބްލޮކޭޖެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުންކުރެވެއެވެ.

އައްޑޫ ސިޓީގެ ކެތު ލެބުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ކަމަށާއި، މި މަސައްކަތް ނިމި މުވައްޒަފުން ތަމްރީން ކުރަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށް ހޮސްޕިޓަލުން ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް މި ލެބް ނިމުނު ފަހުން ދޮޅު އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ފަރާތަކާ ހަވާލުކޮށްފައެއް ނުވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !