A wide advertisement which will be shown on all devices. (700 x 100)

މެޓުން މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓުން ވައިޓް އެލަރޓް ނެރުނީ މިއަދު މެންދުރު 13:30 އިން ފެށިގެން ހަވީރު 17:00 އަށެވެ.

އެލަރޓުގައިވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށާއި އުދަ އެރުންވެސް އެކަށީގެންވާކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މެޓުން ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު މެޓުން ފުރަތަމަ ވައިތް އެލަރޓް ނެރުނީ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ އަދި ހދ އަތޮޅަށެވެ.

މެޓުން އެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރުނީ މިއަދު ހެނދުނު 10:45 އިން ފެށިގެން ހަވީރު 16:30 އަށެވެ.

އެލަރޓުގައިވަނީ އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !